މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ސިޔާސަތުތައް ފަރުމާކުރާނަން: އިންތިޚާބީ ރައީސް

މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ނެރުއްވި ޚިޠާބުގައި މުއިއްޒު ވިދާޅުވީ، މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށެވެ.

"އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނަމެވެ. ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރި ކުރާނަމެވެ."

މުއިއްޒު ވިދާޅުވިއެވެ.

ހަރުދަނާ އަހުލާގާއި ތަނަވަސް އިލްމާއި އަދި ކުޅަދާނަ ހުނަރުވެރިކަން ހިމެނޭކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒުގެ ހިޠާބުގައި މިހާރު ރާއްޖެއިން ފެންނަ ދެ މައްސަލައެއް ފާހަގަ ކުރައްވަމުން، ރާއްޖޭގައި މުދައްރިސުންގެ އަދަދު މަދުވުމާއެކު ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށާއި، އެ ދެ މައްސަލަަވެސް ހައްލު ކުރަން ކުރިއަށް އޮތް ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ، ރާއްޖެއަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަން ޙައްލުކޮށް ދަރިވަރުންނަކީ ގާބިލް ބަޔަކަށް ހައްދަވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

"އެކާވީސް ވަނަ ގަރުނުގެ ދަރިވަރެއްގެ ގައިގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރު ކަމެވެ. ގާބިލުކަމާއި އުޅުންތެރިކަމަށެވެ. އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކެވެ. އިރާދަކުރެއްވިއްޔާ މިކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ. ކަމާގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނަމެވެ.".

މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ