Thursday, 25 July 2024

މަޝްހޫރު ނޫސްވެރިޔާ އަޒާން މަޖިލިސް އިންތިޚާބުގައި ވާދަ ކުރަނީ

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޙްމަދު އަޒާން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރަން ނިންމައިފިއެވެ.

އަޒާން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްްޓެއްގައި ވަނީ، ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 2024 ވަނަ އަހަރު އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށެވެ.

https://x.com/axanner/status/1709959721334210940?s=20

އެހެންކަމުން، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް-ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށާއި، އެކަމުގައި އޭނާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން މެސެޖު ކުރުމަށް އަޒާން ވަނީ ބުނެފައެވެ.

"މިކަމުގައި އަޅުގަނޑަށް އެހީތެރިވާން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން އަޅުގަނޑަށް މެސެޖުކޮށްދިނުން އެދެން" އަޒާން ބުނެފައިވެއެވެ.

އަޒާންއަކީ ނޫސްވެރިކަމުގެ ދާއިރާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ޖަވާބުދާރީ ކުރުމަށް ގިނަ މަސައްކަތެއް ކޮށްފައިވާ ޤާބިލު ނޫސްވެރިއެކެވެ. އަދި އޭނާ އެރޮނގުން ކުރި މަސައްކަތުން ސަރުކާރުން ކުރަައްވަމުން ގެންދެވި ނޭދެވޭ ކަންކަން ހުއްޓާލުމަށް ވަރަށް ބޮޑު ބާރަކަށްވެސް ވެގެން ދިޔައެވެ.

އަދި ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް ހިންގި ކެމްޕެއިންގައި އަޒާން ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އެކަންކަމާހެދި، އެކި ފަހަރު މަތިން ފުލުހުންގެ އިދާރާއަށް ޙާޟިރު ކޮށްފައިވާ އަޒާންއަކީ ނޫސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޖެހިލުންކުޑަ ޒުވާނެއް ކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިފަހަރު ޕާރޓީއިން ހޮވަންވާނީ ރަގަޅު އިތުބާރު ކުރެވޭ މީހުންނެވެ. މުޖުތަމައުގާ ނަފްރަތު ކުރުވާ ކުދިން ނެގުމުގެ ބަދަލުގާ އަހްލާގަށްވެސް ބެލުން މުހިންމު…..

  2. ކަރުގަވެސް ސޮލީބު އަޅުވައިގެން ފޮޓޯނެގިނަމަ މާބޮޑައްވެސް ގޭންގު ބޯއިއަކާ ވައްތަރުވާނެ! އައްޑުއަކުން ތިކަލޭގެއަށް ލިބޭނީ ހަމައެކަނި މައްމައާއި ބައްޕަގެ ވޯޓު އެކަނި!

  3. ނަސީބެއް މަޑުއްވަރި ދާއިރާއަށް ކުރިމަތި ނުލިކަން. އެހާ ގަަމާރު ބޯކެވިފަ ތިބޭ ބައެއް މަށެއް ނުދެކެން. ޝަރީފަުގެ ލާއިންސާނީ ނުބައިކަން އިނގޭއިރުވެސް އޭނަ ހޮވާފަ އެހުރީ ފިޔާތޮށި ދުއްޔެއްގަ ހުރީމަ. އައްޑުމީހުން ހެޔޮނުވާނެ މި ފިތުނަ ދޮލަނގު ބޭރުކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު