ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސްކޫލުތަކުގައި ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ
މިއަހަރުގެ މުދައްރިސުންގެ ދުވަސް ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން އެކި ކަހަލަ ކުޅިވަރު ހަރަކާތްތަކާއި ކެއުންތައް ވަނީ މުދައްރިސުންގެ ދުވަހާއި ގުޅިގެން ޓީޗަރުންނަށް މަރްހަބާ ކިޔުމުގެ ގޮތުން ސުކޫލުތަކުގައި އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު
ބައިނަލްއަޤުވާމީ ތަރައްޤީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށާ ދުނިޔެއަށް އަންނަ އިޤްތިޞާދީ، އިޖްތިމާޢީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ތަޢުލީމީ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2023 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކުކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ،އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައްކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ހަމަ އެހެންމެ، ދިވެހިންގެ ދީނީ ޢަޤީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު
ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ނެރުއްވި ޚިޠާބުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށެވެ.
"އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނަމެވެ. ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރި ކުރާނަމެވެ."
މުއިއްޒު ވިދާޅުވިއެވެ.

ހަރުދަނާ އަޚްލާޤާއި ތަނަވަސް އިލްމާއި އަދި ކުޅަދާނަ ހުނަރުވެރިކަން ހިމެނޭކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މުއިއްޒުގެ ހިޠާބުގައި މިހާރު ރާއްޖެއިން ފެންނަ ދެ މައްސަލައެއް ފާހަގަ ކުރައްވަމުން، ރާއްޖޭގައި މުދައްރިސުންގެ އަދަދު މަދުވުމާއެކު ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށާއި، އެ ދެ މައްސަލަަވެސް ހައްލު ކުރަން ކުރިއަށް އޮތް ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ، ރާއްޖެއަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަން ޙައްލުކޮށް ދަރިވަރުންނަކީ ގާބިލް ބަޔަކަށް ހައްދަވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
"އެކާވީސް ވަނަ ގަރުނުގެ ދަރިވަރެއްގެ ގައިގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރު ކަމެވެ. ގާބިލުކަމާއި އުޅުންތެރިކަމަށެވެ. އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކެވެ. އިރާދަކުރެއްވިއްޔާ މިކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ. ކަމާގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނަމެވެ.".
މުއިއްޒު ވިދާޅުވިއެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެޑިޔުކޭޝަން މިނިސްޓަރ ފޮނުއްވި ޚިޠާބު
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިޠާބުގައި މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ޚިޔާރުކޮށްފައިވަނީ: "އެދޭ ތަޢުލީމު ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ޙައްލުކުރުން: އާލަމީ ޒަރޫރަތެއް." ކަމަށާއި، މި ޢިބާރާތުގެ މާނައަކީ، އަޅުގަނޑުމެން ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު، ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކޮންމެހެން މުދައްރިސުން ބޭނުންވުން ކަމަށެވެ.
ރަނގަޅު މުދައްރިސުން ލިބުމުގެ ދަތިކަމަކީ ހުރިހާ ޤައުމަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަން ފާހަގަކުރައްވައި، މިކަން އިދިކޮޅަށް ޖަހައި ރަނގަޅު މުދައްރިސުން ގިނަކުރުމަކީ ހުރިހާ ޤައުމަކުން އިސްކަންދީ، ޙަރަކާތްތެރިވާންޖެހޭ މަޖުބޫރީ ޙާލަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރި ވިދާޅުވީ، ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ފަދައިން، ހުރިހާ ޤައުމަކަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ، ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރާކަމަށާއި މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާޙައުލުގެ ސަބަބުން، މިދާއިރާއަށް އޮތް ޒަމާންވީ ޝައުޤުވެރިކަންދަނީ ނެތެމުން ކަމަށެވެ. ދެވަނައަށް، ޔުނެސްކޯއިން ފާހަގަ ކުރާ މައްސަލައަކީ، ފިރިހެނުން މި ދާއިރާގައި މަސައްކަތް ކުރާލެއް މަދުކަވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލައިލިއަސް، އަންހެން މުދައްރިސުންގެ ނިސްބަތަކީ، 75 އިންސައްތަ ކަމަށާއި ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން ކަމަށެވެ. ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22% އަކީ ބިދޭސީންނަށްވާއިރު، މި ހިސާބުތަކުން ދައްކައިދެނީ، ތަޢުލީމީ ދާއިރާ ކުރިއަރުވަން އޮތް ފުޅާ ފުރުޞަތުތައް ކަމަށް ވެސް ޑރ. އާއިޝަތު އަލީ ފާހަގަކުރެއްވިއެވެ.
މުދައްރިސްކަމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، ޔުނެސްކޯއިން 7 ފިޔަވަޅެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީގެ ތެރެއިން އެއްކަމަކީ، ފަށައިގަންނަ މުދައްރިސުންގެ ތަޢުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުން. ކޯސްތަކުގެ ފީގެ އިތުރަށް، ކިޔަވާ މުއްދަތުގައި ދަސްކުރާ މުދައްރިސުންނަށް އެލަވަންސް އެއް ދިނުން ކަމަށެވެ. މުދައްރިސުންގެ އުޖޫރައާއި ޢިނާޔަތްތައް އިތުރުކުރަންޖެހޭއިރު، އެ ޢިނާޔަތްތައް ވާންޖެހޭނީ، މުދައްރިސަކަށް ވާން ކިޔަވަން ޖެހޭ މުއްދަތާއި މަސައްކަތް ކުރާ ގަޑިއާ އަޅާ ބަލާއިރު، އެހެން ދާއިރާތަކާ އެއްފަދަ އެއްޗަކަމަށް އެކަމަނާ ވެސް ވިދާޅުވިއެވެ.
" ޔުނެސްކޯއިން ދެކޭގޮތުގައި، މުދައްރިސުން ކިޔަވައިދިނުމަށް ހުސްވާގޮތަށް، އިދާރީ މަސައްކަތްތައް މަދުކުރުމާއި، މަސައްކަތު ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި، މަދަރުސާތައް ހިންގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް ވާގިވެރިވުމަކީ ވެސް މުހިންމު ކަންކަން. މިކަންކަމަށް އިސްކަން ދެވިއްޖެނަމަ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ޙައްލެއް ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ 21 ވަނަ ގަރުނުގެ އުފެއްދުންތެރި ވިސްނުމަށް ކަމަށާއި އިއްޔެ އަޅުގަނޑުމެން އުގަންނައިދިން ގޮތަށް މިއަދު އުގަންނައިދީގެން ފަރުޖައްސާލެވޭކަށް ނެތް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުނު ބައެއް ޙަރަކާތްތަކަށް ބަލާލުން
މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބައެއް ޑިޕާޓްމަންޓްތަކުގައިވެސް ވަނީ ޙަރަކާތްތަކެއް ހިންގާފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އިމްރޫވްމަންޓް ސެކްޝަނުންވަނީ ދުވަހުގެ މުނާސަބަތުގައި މުދައްރިސުންނަށް ދުވަހުގެ މަރުޙަބާ ކިޔާފައެވެ.
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ، ޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންއާއި، މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޜަނާއި ފޮރިން ރިލޭޝަންސް ސެކްޝަން އާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ލީގަލް ސަރވިސް އެންޑް އިންޓަރނަލް އޮޑިޓު ޑިވިޜަންއާއި، ކޯޕަރޭޓް ސަރވިސަސް ޑިވިޜަން އާއި އެހެން ޑިޕާޓްމަންތަކުގެ ފަރާތުންވެސް ފޮނުއްވާފައިވެއެވެ.
https://x.com/MoEdumv/status/1709839347338649780?s=20
https://x.com/MoEdumv/status/1709846032442597574?s=20
https://x.com/MoEdumv/status/1709851876425170994?s=20
https://x.com/MoEdumv/status/1709910186444701910?s=20
ޓީޗަރުންގެ ދުވަހާއި ގުޅިގެން ސުކޫލުތަކުގެ ކުލާސްރޫމްތަކުގައި ޓީޗަރުންނަށް ތަހުނިޔާ ކިޔުމުގެ ގޮތުން، މަރުޙަބާ ދެންނެވުމުގެ ޙަރަކާތްތަކާއި، ޚާއްސަ ޕާޓީތައް ބޭއްވުމުގެ އިތުރުން ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދެވިފައިވެއެވެ. ބައެއް ސްކޫލްތަކުގައިވަނީ ޑިނާ ނައިޓްފަދަ ޙަރަކާތްތައްވެސް ބާއްވާފައެވެ.

ތާޖުއްދީން ސްކޫލުގައި ހިންގުނު ޙަރަކާތްތަކުގެ ތެރެއިން
މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރ މަހުގެ 5 ވަނަ ދުވަހެވެ. މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް އެކި ސްކޫލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެކި ތީމްތަކަށެވެ. މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް އެކި ހަދިޔާތަށް ދިނުންވެސް ކުރިއަށް ދިޔައެވެ. ހުރިހާ ސްކޫލަކުންވެސް ފެނުނީ ވަރަށް އުފާވެރި މާހައުލެއްގައި މުދައްރިސުންނާއި، ދަރިވަރުން ވަގުތު ހޭދަކުރިތަނެވެ.


ދަރުމަވަންތަ ސްކޫލުގައި ހިންގުނު ޙަރަކާތްތަކުގެ ތެރެއިން
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އދ. އަތޮޅު މަދަރުސާގެ މުދައްރިސުންނަށް، އދ.މާމިގިލީ ޞިއްޙީ މަރުކަޒުގެ ފަރާތުން ދެއްވި މެންދުރުގެ ފަރިއްކޮޅަށް އެ މަދަރުސާގެ މެނޭޖްމަންޓާއި އެންމެހައި ޓީޗަރުން އަދި މުވައްޒަފުންގެ ނަމުގައި މާމިގިލީ ޞިއްޙީ މަރުކަޒުގެ މެނޭޖްމަންޓަށާއި އެންމެހައި މުވައްޒަފުންނަށް ނުހަނު އިޙްލާސްތެރި ކަމާއިއެކު ވަނީ ޝުކުރު ދަންނަވާފައެވެ.

އދ. އަތޮޅު މަދަރުސާގެ މުދައްރިސުންނަށް، އދ.މާމިގިލީ ޞިއްޙީ މަރުކަޒުގެ ފަރާތުން ދެއްވި މެންދުރުގެ ފަރިއްކޮޅު
ހިތަދޫ ސްކޫލްގެ މުދައްރިސުންނަށް އެ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުންވަނީ ދުވަހުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ރިފްރެޝްމަންޓެއް ދެއްވާފައެވެ.

ހިތަދޫ ސްކޫލްގެ ރިފްރެޝްމަންޓްގެ ތެރެއިން
ލީޑިންގ ޓީޗަރުން ފަރާތުން ސްކޫލްގެ މުވައްޒަފުންނަށް ދެއްވި ސަޤާފީ ހަވީރު ސައި ވެގެން ދިޔައީ އެންމެންއެކުގައި ވަގުތު ހޭދަކޮށްލާ ގުޅުންބަދަހި ކޮށްލުމަށް ލިބިގެން ދިޔަ އުފާވެރި ވަގުތުކޮޅަކަށް ކަމަށް، ހިތަދޫ ސްކޫލުގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.

ހިތަދޫ ސްކޫލުގެ ސަޤާފީ ހަވީރުގެ ތެރެއިން

މަޖީދިއްޔާ ސްކޫލުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން

ޖަމާލުއްދީން ސްކޫލުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން


އިސްކަންދަރު ސްކޫލުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން
ޤައުމުގެ މުސްތަޤްބަލް ބައްޓަންކޮށް، ޒިންމާދަރު، ހުނަރުވެރި، ޢިލްމުވެރި ރައްޔިތެއް ބިނާކުރުމުގެ މަސައްކަތަކީ ބުރަ ޒިންމާއެކެވެ. އެހާމެ ބޮޑު މަސްޢޫލިއްޔަތެކެވެ. މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަން ކުރުމަށް ތިބޭ މޭސްތިރިންނެވެ. ޤައުމުގެ އާރުކާޓީންނެވެ. އިޖްތިމާއީ މައިދާނަށް ނިކުންނަ މީހުން ބިނާކުރުމުގެ ފަހަތުގައި ތިބެނީ ހިތްވަރާއެކު ބުރަކޮށް މަސައްކަތްކުރާ މުދައްރިސުންނެވެ. މިދުވަހަކީ ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދުރާލާ ގިނަ ތައްޔާރީތަކެއް އަބަދުވެސްވެއެވެ.



