Saturday, 15 June 2024

ހިލޭ ދިން ޚިދުމަތް ނިމުމަކަށް، ދެކުނުގެ އަތޮޅުތަކަށް އާރުޓީއެލްގެ އަގުތައް ކަނޑައަޅައިފި

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) އިން ދެކުނު އަތޮޅުތަކަށް ދެމުން ދިޔަ ޚިދުމަތްތައްކުގެ އަގުތައް ސަރުކާރުން އިޢްލާނު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި އާރުޓީއެލުން ދެކުނަށް ކުރަމުން އަންނަ ދަތުރުތަކަށް އަގު ނަގަން ފަށާނީ މިމަހުގެ 8 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ކަނޑައަޅާފައިވާ އަގުތައް:

  • ގދ. ވާދޫން، ޏ. ފުވައްމުލަކަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް ،ދެކޮޅު 450
  • ޏ. ފުވައްމުލަކުން، ގދ. ވާދޫއަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ހުޅުމީދޫން، ގދ. ވާދޫއަށް އެއްކޮޅު ޓިކެޓް 490 ރުފިޔާއަށް، ދެކޮޅު 880
  • ގދ. ވާދޫން، ސ. ހުޅުމީދޫއަށް އެއްކޮޅު ޓިކެޓް 490 ރުފިޔާއަށް، ދެކޮޅު 880
  • ޏ. ފުވައްމުލަކުން، ސ. ހުޅުމީދޫއަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ހުޅުމީދޫން، ޏ. ފުވައްމުލަކަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ޏ. ފުވައްމުލަކުން، ސ. ފޭދޫއަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ފޭދޫން، ޏ. ފުވައްމުލަކަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ހުޅުމީދޫން، ސ. ފޭދޫއަށް އެއްކޮޅު ޓިކެޓް 55 ރުފިޔާއަށް، ދެކޮޅު 100
  • ސ. ފޭދޫން، ސ. ހުޅުމީދޫއަށް އެއްކޮޅު ޓިކެޓް 55 ރުފިޔާއަށް، ދެކޮޅު 100

ދެކުނުގެ އިތުރުން އާރުޓީއެލުން އަންނަނީ ހއ. ހދ. ށ. ގެ އިތުރުން ގއ ގައި ވެސް ދަތުރުތައް ކުރަމުންނެވެ.

ދެކުނުގެ ހަތަރު އަތޮޅުކަމުގައިވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ އަތޮޅު އާރުޓީއެލު ފެރީގެ ނިޒާމުން ގުޅާލުމުގެ ސަބަބުން ފުވައްމުލަކުގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އެ ދަތުރުތައް ފެށުމާ ގުޅިގެން އޭރު ވިދާޅުވެފައިވެއެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މި ޚިދުމަތާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، އާރްޓީއެލް ހިދުމަތަކީ މި ސަރުކާރުގެ ތަސައްވަރެއް ކަމަށާއި އެ ހިދުމަތް ހުއްޓާލަން ބަޔަކު އުޅޭ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދެނީ އެއިން މާލީ މަންފާ ހޯދަން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. އެފަދަ ކަންކަމަކީ ސޯޝަލް އިކޮނޮމީ އިމްޕެކްޓަށް ބަލައިގެން ކުރާ ކަންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ، އާރްޓީއެލް މަޝްރޫއަކީ ޒަމާނީ ފެންވަރަށް ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަމަކީ މީހަކަށް މުހުތާދެއް ފުއްދައިދިނުމަށް ފައިސާ ފޮއްޗެއް ދިނުން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. ގައުމެއްގެ ފަރާތުން ރައްޔިތުން، ސަރުކާރެއްގެ ފަރާތުން އެދެނީ ގައުމަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އާރްޓީއެލް ފެރީތަކަކީ 50 ފަސެންޖަރުންނަށް ދަތުރު ކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އެ އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ފުރޮޅުލީ ގޮނޑައަށް ވަކީން ޖާގަ ހުރެއެވެ. ސްޓްރެޗަރަށް ޖާގަ ހުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު