Saturday, 22 June 2024

ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސް

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޮސް ދެ ދުވަސް ކަމަށް މޫސުމާއި ބެހޭ ޤާއުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހު ވެސް އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި މެދު ރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވުމާއި އެކީ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކުރައްވާފައެވެ. އަދި މެދު ރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން 8 މޭލާއި 18 މޭލަށް ވައި ޖެހޭއިރު، ވިލާގަނޑުގައި 35 މޭލަށް ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކުރައްވާފައެވެ.

މެޓް އޮޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، މާދަމާ މެދު ރާއްޖެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާއިރު، ދެކުނު އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެވެ. މާދަމާ ނޫން އަނެއް ދުވަހު ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެއެވެ.

މިދުވަސް ވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތީރިޓީ އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު