7 ފެބުރުވަރީ 2025

އެއް ދުވަހުން 1.5 މިލިއަން ރުފިޔާ، މަރަދޫ "ކޮންކޯޑް 2″ ދޯނިން ހޯދައިފި

މިފްކޯއަށް މަސް ކިރުވައިގެން އައްޑޫސިޓީގެ މަރަދޫގެ މަސް ދޯންޏެއް ކަމަށްވާ "ކޮންކޯޑް 2″ އިން އެއް ދުވަހުގެ ތެރޭގައި 1.5 މިލިޔަން ރުފިޔާ ހޯދައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، އިއްޔެ މިފްކޯއަށް 60005 ކިލޯ ނުވަތަ 60 ޓަނުގެ މަސް ކިރުވާފައިވެއެވެ. ތަފާސްހިސާބަށް ބަލާއިރު މިއީ މިފަހުގެ ތާރީޚެއްގައި މަސް ކިރުވައިގެން އެއް ދުވަސް ތެރޭގައި ދޯންޏަކަށް އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ. އެދޯނިން ވަނީ 9020 ކަނޑުމަސް ކިރުވާފައެވެ. އަދި 1.5 މިލިޔަން ރުފިޔާ ހޯދާފައިވާއިރު މަސް ކިރުވާފައިވަނީ 25 ރުފިޔާގެ ރޭޓުންނެވެ.

އެ ދޯނިން މިދިޔަ މާރޗްމަހުވެސް ރެކޯޑެއް ޤާއިމްކޮށްފައިވާއިރު، އެފަހަރު އެއް ދުވަހުން 62 ޓަނު މަސް ބާނައި އެއް މިލިއަން ދެހާސް ނުވަދިހަ ތިން ރުފިޔާ ހޯދާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ކުރިއަށް އެންމެ ގިނައިން މަސްބާނާ ކިރުވި ދޯނީގެ ގޮތުގައި އޮތީ ގދ.މަޑަވެލީގެ ޓީއެސް ލައިން ދޯނި ކަމަށްވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވައި 971،584 ރުފިޔާ ހޯދާފައެވެ. އަދި 2021 ވަނަ އަހަރުވެސް އެ ދޯނިން ވަނީ ރެކޯޑް އަދަދަކަށް މަސްކިރުވާފައެވެ.

ފޮޓޯ: ޕީއެސްއެމް


މި ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، މިފްކޯއިން މަސް ގަންނަ އަގު މިދިޔަ ސެޕްޓެމްބަރުމަހުގެ 16ވަނަ ދުވަހު ވަނީ ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 17 ރުފިޔާގެ މަގުންނެވެ.

މިހާރު 1.5 ކިލޯއިން މަތީގެ އައިސް މަހާއި، ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 23 ރުފިޔާއަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ. އަދި މަސް ގަންނަ އަގު ބޮޑުކުރި ހިސާބުން މިހާތަނަށް 74 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކޮބާ ހެޔޮ ވެރިއަކު ނަގާ ތިއެއްލާލީ ރައްޔިތުން މި އަދު ހަނދާންވާނެ އަދި މާދަން މާ ހަނދާންވާނެ ނިޢުމަތެއް ގެއްލި ދިއުމުން އެކަން ހަނދާންވާނެ ލެއްބޮޑުވާނެ މުއިއްޒު ދޭނީ /13ރ އިބޫ ތިދެނީ/25ރ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު