އޭލެވެލް ކިޔެވުން ފެށީ އެޑްއެކްސްސެލް ސިލަބަހުގައި، އެޑިޔުކޭޝަނަށް ތައްޔާރެއް ނުވެވުނު

އޭލެވްލް އިމްތިހާނަށް ކެމްބްރިޖް ސިލަބަހުގައި ކިޔަވައިދިނުމަށް މިދިޔަ އަހަރު ސަރުކާރުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކޮށް، މި އަހަރުގެ ދިރާސީ އަހަރު ވެސް ކިޔަވައިދެނީ ކުރިއެކޭ އެއްގޮތަށް، އެޑްއެކްސްސެލް ސިލަބަހަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މި އަހަރުގެ ދިރާސީ އަހަރު އޮގަސްޓު މަހު ފެށޭއިރު، އޭލެވެލްއަށް ކިޔަވައިދިނުން ކެމްބްރިޖު ސިލަބަހަށް ބަދަލުކުރުމަށް ނިންމާފައެވެ.

ހަމަމިއާއެކު، އަންނަ އަހަރުގެ އޭލެވެލް އިމްތިހާނު ބާއްވާނީ ކެމްބްރިޖު އިމްތިހާނެއްގެ ގޮތުގައިކަން މިނިސްޓްރީން އިއުލާން ކުރިނަމަވެސް މިނިސްޓްރީން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިން ކިޔަވައިދެމުން އައި އޭލެވެލް އެޑްއެކްސްސެލް ސިލަބަސް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން މިހާރު ވިދާޅުވެފައިވަނީ، މި އަހަރު ދިރާސީ އަހަރު ފެށިއިރު ކެމްބްރިޖު ސިލަބަހުގައި ކިޔަވައިދޭން ނުފެށުނީ، ތައްޔާރުވާން ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށާއި، އަދި ޗުއްޓީއަށް ފަހު ސްކޫލްތައް މިދިޔަ އޮގަސްޓު މަހު ހުޅުވިއިރު، ކިޔަވައިދޭން ފެށީ އެޑްއެކްސްސެލް ސިލަބަހުގައި ކަމަށާއި އެގޮތަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށެވެ.

އޭމާ ވިދާޅުވެފައިވަނީ ކެމްބްރިޖުން ޝަރުތުކުރާ ބައެއް ކަންކަން ހުރުމުން އެކަމަށް ރިއާޔަތް ކުރުމަށް ފަހު މިވަގުތަށް ސިލަބަސް ބަދަލު ކުރަން ނުފެންނަ ކަމަށް ނިންމީ ކަމަށާއި، ކުރިން ވެސް ކިޔަވައިދެމުން އައި ގޮތަށް އެޑްއެކްސްސެލް ސިލަބަހުގައި ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އޭލެވެލް އިމްތިހާން ކެމްބްރިޖަށް ބަދަލުކުރަން މިދިޔަ އަހަރު މިނިސްޓްރީން ނިންމީ ނިންމީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު، އެވަގުތަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭރު ގަބޫލު ކުރެވުމުން ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު