މޭބިސްކަދުރަކީ ނޭވައި ހިއްލުމާއި، ހިތުގެ ބައްޔަށް ފަރުވާއެއް

މޭބިސްކަދުރަކީ ކޮބާ؟

ހުތް ފޮނި ރަހަ އެއް ހުންނަ މޭވާއެއް ކަމަށްވާ މޭބިސްކަދުރުގެ އެތަކެއް ވައްތަރުތަކެއް ހުރެއެވެ. އެކި ވައްތަރުގެ މޭބިސްކަދުރު އެކިކުލައަށް ހުންނަކަން ފާހަގަ ކުރެވޭއިރު، މޭބިސްކަދުރުގެ ބާވަތްތަކުގެ ތެރޭގައި ރަތް މޭބިސްކަދުރު، ފެހި މޭބިސްކަދުރު، ކަޅު މޭބިސްކަދުރު، ދަނބު މޭބިސްކަދުރު، މަޑުފެހި މޭބިސްކަދުރު ފަދަ ކުލަތަކުގެ މޭބިސްކަދުރު ހިމެނެއެވެ.

Free photo green and red grape isolated on white

މޭބިސްކަދުރުން ލިއްބައިދޭ ފައިދާތައް

މިއީ ސިއްހަތަށްގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ.

ކާނާ ހަޖަމުކުރުމުގެ މައްސަލަތައް ޙައްލުކުރުމުގައި، މޭބިސްކަދުރު މުހިއްމު ދައުރެއް އަދާކުރެއެވެ. މޭބިސްކަދުރު ބޭނުންކުރުމުން، ހަޖަމުވުން ރަގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ.

މޭބިސްކަދުރަކީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭތީ، ކާތަކެތި ހަޖަމުކޮށްދީ އުނދަގުލެއްނެތި ބޭރުކުރުމަށް އެހީވެދެއެވެ. މޭބިސްކަދުރުގެ ފައިބަރަކީ ވިރިގެން ނުދާ އެއްޗެއް ކަމަށްވާތީ ގޮހޮރުގެ އުނދަގޫތަކަށް މޭބިސްކަދުރަކީ މުހިއްމު މޭވާއެކެވެ. މޭބިސްކަދުރުގައި ހިމެނޭ ފެނަކީވެސް ހަޖަމު ކުރުމުގައި އެހީވެދޭ މުހިންމު މާއްދާއެއްކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުންވެސް މޭބިސްކަދުރުން ލިބޭ އެހެނިހެން ބައެއް ފައިދާތަކަށްބަލާއިރު، ނޭވައި ހިއްލުމާއި ހިތުގެ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Free photo ripe cherries in female hands on a blurred background of vegetables and fruits

 

ނޭވާހިއްލުމަށް ރަނގަޅު ފަރުވާއެއް

މޭބިސްކަދުރަކީ އެ ކެއުމަށްފަހުގައި ވަރަށް އަވަހަށް ހަޖަމުކޮށް ހަށިގަނޑައް ބޭނުންވާ މުހިންމު މާއްދާތައް ނަގާ މޭވާއެއް ކަމުން، ފުއްޕާމޭގައި ހުންނަ ތެއްކަން އިތުރުވެގެން ދެއެވެ. އެކަމުގެ ސަބަބުން ނޭވާލުމަށް ފަސޭހަ ވެގެންދެއެވެ.

Free vector comparison of healthy lung and asthmatic lung

ހިތުގެ ބަލިތަކަށް ރަނގަޅު ފަރުވާއެއް

މޭބިސްކަދުރުގައި އެކުލެވޭ “ރެސްވެރެޓްރޯލް”ގެ ސަބަބުން، ލޭގައި “ނައިޓްރިކް އޮކްސައިޑް”ގެ މިންވަރު އިތުރުވުމުގެ ނަތީޖާއަކީ ލޭހޮޅިތައް ފުޅާވުމެވެ. މިއީ ގަނޑު ލޭކޮޅު ނުވަތަ ބްލަޑް ކްލޮޓް އުފެއްދުމަށް ހުރަސް އަޅައި، ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

Free vector heart disease vector infographics. medical human heart infographic information illustration

ހަމައެހެންމެ މޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓަކީ ލޭގައި ހިމެނޭ ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑޭޓްވުމަށް ހުރަސް އަޅާ މާއްދާއެއްކަން ފާހަގަކުރެވެއެވެ. އެހެނީ ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑޭޝަން ކުރިމަތިވެގެން މެނުވީ ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީޖަމާވެ، ލޭހޮޅިތައް ބެދިގެނެއް ނުދާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު