ޔޫތު މިނިސްޓްރީގެ ކުލަބުގެ ރައީސާއަކަށް އަރޫޝާ

ޔޫތު މިނިސްޓްރީގެ ކުލަބް "އެމްވައިއެސް"ގެ ރައީސާއަކަށް އައިޝަތު އަރޫޝާ އިންތިޚާބުކޮށްފިއެވެ.

ރޭ ސޯޝަލް ސެންޓަރގައި ބޭއްވި ވާދަވެރި އިންތިޚާބު އަރޫޝާ ކާމިޔާބުކޮށްފައިވަނީ އެކުލަބުގެ ކުރީގެ ރައީސާ ފާތިމަތު ނިޝާރުއާއި ވާދަކޮށްގެންނެވެ.

އަރޫޝާއަށް 92 ވޯޓު ލިބިފައިވާއިރު ނިޝާރުއަށް ލިބިފައިވަނީ 57 ވޯޓެވެ.

ނައިބު ރައީސާގެ މަޤާމަށް ތަމްލީކާ މުހައްމަދު އިންތިޚާބުވެފައި ވަނީ، ކުރީގެ ނައިބު ރައީސާ ނަސްރީނާ އިދުރީސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ނައިބު ރައީސް (ފިރިހެން) ގެ މަޤާމަށް ހޮވިފައިވަނީ ހުސެއިން ރަޝީދެވެ.

މަޤާމުތަކަށް ހޮވިފައިވާ ފަރާތްތައް

ރައީސްކަމުގެ މަޤާމަށް:

އައިޝަތު އަރޫޝާ / ސީނިއާ ޔޫތް އޮފިސަރ

ނައިބް ރައީސުންނަށް:
– ތަމްލީކާ މުހައްމަދު / ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިިސަރ

– ނައިބް ރައީސް ފިރިހެން:
– ހުސެއިން ރަޝީދު / އެސިސްޓެންޓް ޑިރެކްޓަރ

ޖެނެރަލް ސެކްރެޓަރީ: އާމިނަތު ރަޝީދާ

ޚަޒާންދާރު: ރިޝްމާ ފާރޫޤް

ސެކްރެޓަރީ: މަރިޔަމް ހަނާ

އިންތިޒާމް ސެކްރެޓަރީ: އަސްމާ ޙަސަން މަނިކު

އާންމު 5 މެންބަރުން

  • ޢާއިޝަތު ނަޚްމާ
  • މަރިޔަމް ރަޝާދު
  • ފާޠިމަތު އަޙްމަދު
  • މާޖިދާ އިބްރާހީމް
  • ފާޠިމަތު ނާޒްނީނާ

އިންތިޚާބުގެ ނަތީޖާ ޝީޓު


ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުން:
ފާތިމަތު ނިޝާރު / ސީނިއާ ޕްރޮކިއމަންޓް އޮފިސަރ
އައިޝަތު އަރޫޝާ / ސީނިއާ ޔޫތް އޮފިސަރ

ނައިބް ރައީސުންނަށް ވާދަކުރައްވާ ބޭފުޅުން:
– ނަސްރީނާ އިދުރީސް / ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ
– ތަމްލީކާ މުހައްމަދު / ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިިސަރ

– ނައިބް ރައީސް ފިރިހެން:
– ހުސެއިން ރަޝީދު / އެސިސްޓެންޓް ޑިރެކްޓަރ

މިބޭފުޅުންގެ މެދުގައި ވަނީ ޚާއްސަ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. ބަހުސްގައި ކެންޑިޑޭޓުންގެ ވާދަވެރި ކަމާއި، މުވައްޒިފުންގެ އެއްބައިވަންކަން ދަމަހައްޓައި، ކުރަން ރާވާފައިވާ މުހިންމު ކަންކަންވެސް ވަނީ ހިއްސާ ކޮށްފައެވެ. ކެންޑިޑޭޓުންގެ ބަހުސް ބައްލަވާ ލެއްވުމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މިބަހުސްގެ ސަބަބުން ކުލަބުގެ އެންމެ ޒިންމާދާރު މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތަސައްވަރު މެމްބަރުންނަށް ވަނީ ސާފުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތި ވޯޓަކީ އެމަންޖެ އަށް ލިބުނު ވޯޓެއް ނޫން
    ތީ މުންނި އާ ނައްޓުއާ ނޫންގޮތެއް ހޯދަން ދިން ވޯޓެއް
    ޖަރީމާ ހުއްޓުވަން ދިން ވޯޓެއް
    ޢެކަން އިނގޭނެ ހުރިހަ ގޮނޑިއަކުން އެ ޓީމް ފުލަށް ދިޔަޢީމަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު