މާލޭގެ ފިހާރެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ހާމަކުރައްވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގެ މަޢުލޫމާތު 11:02 ހާއިރު ރިޕޯޓްކޮށްފައިވެއެވެ.
މި ނުރައްކާތެރި ޢަމަލާ ގުޅިގެން 29 އަހަރުގެ ދިވެހި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، މި މައްސަލަ ތަހްގީގްކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގައި ހުންނަ ފޯނު ވިއްކާ ފިހާރައަކަށްވަދެ އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދޭ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އެ ބިދޭސީ މީހާއަށް ހަމަލާދިނީ، އެ ދެމީހުންގެ މެދުގައި ޒުވާބެއް ހިނގުމަށްފަހުއެވެ. އަދި ހަޑިހުތުރު ބަހުން މުޢާމަލާތުކޮށްފައިވެއެވެ.