އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް، އިންތިޚާބީ ރައީސް މަސައްކަތް ކުރައްވާނީ ޑިޕޮލޮމަސީގެ ރިވެތި އުސޫލުން: ސުޖާޢު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެއްވުމަށާއި އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް، އިންތިޚާބީ ރައީސް މަސައްކަތް ކުރައްވާނީ ޑިޕޮލޮމަސީގެ ރިވެތި އުސޫލުން ކަމަށް މާލޭ ސިޓީ ކައުންސިލުގެ މެންބަރު އަދި ޕްރިގްރެސިވް ކޯލިޝަންގެ ނައިބު ރައީސް އިބްރާހީމް ސުޖާޢު ވިދާޅުވެއްޖެއެވެ.

ސުޖާޢު މިހެން ވިދާޅުވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެއްވުމަށާއި އަދި އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް އިންތިޚާބީ ރައީސް މަސައްކަތް ކުރައްވާނީ ޑިޕޮލޮމަސީގެ ރިވެތި އުސޫލުން ކަމަށެވެ.

"ހުރިހާ ބޭފުޅުން ކެތްތެރިކަން އިސްކުރެއްވުން އެދެން. އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަން ދެއްވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެއްވުމަށް. އަދި އަމިއްލަ ވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް. މިކަން އިންތިޚާބީ ރައީސް ކުރައްވާނީ ޑިޕޮލޮމަސީގެ ރިވެތި އުސޫލުން. އެ އުސޫލުން ކުރެވޭނީ ވާހަކަ ދައްކައިގެން."

ސުޖާޢު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ބޭނުންފުޅުވަނީ ރައީސް ކަމުގެ ފުރަތަމަ ދުވަހަކީވެސް މިކަމުގައި ވާހަކަ ދެކެވޭ، ނަތީޖާ ނެރެވޭ ދުވަހެއްގެ ގޮތުގައި ވުމަށް ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރު އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވުމަކީ ޑިޕްލޮމަސީގެ ރިވެތި އުސޫލުން ކަންކަން ތަރުތީބު ކުރުމަށް އިންތިޚާބީ ރައީސަށް ލިބިގެންދާނެ މުހިއްމު ފުރުޞަތެއް ކަމުގައި ދެކޭ ކަމުގައި ސުޖާޢު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔަޤީން ކުރަނީ ބޮޑުވަޒީރުގެ އަރިހުން އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާނީ ދިވެހީން ނިންމަވާފައިވާ ނިންމެވުމާއެއްގޮތައް އެޤައުމުގެ ސިފައިން ދިވެހީންގެ ރާއްޖޭގައި ޤާއިމްވެތިބި ތިބުން ނިމުމަކަށް ގެނެސްދެއްވައި، އަޅުގަނޑުމެންގެ ސިޔާދަތައް އިހްތިރާމް އަދާކޮށްދެއްވުމަށްކަން. އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމާ އެއްގޮތައް މިކަން ވެއްޖެނަމަ، އިންޑިއާއަށް ދިވެހީން ކުރާ އިޚްތިރާމާއި ލޯބި އިތުރުވެގެން ދާނެކަމީ ޝައްކެއްއޮތް ކަމެއްނޫން."

ސުޖާޢު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމާ އެއްގޮތަށް މިކަން ވެއްޖެނަމަ، އިންޑިއާއަށް ދިވެހީން ކުރާ އިޚްތިރާމާއި ލޯބި އިތުރުވެގެން ދާނެކަމީ ޝައްކެއްއޮތް ކަމެއްނޫން ކަމުގައިވެސް ސުޖާޢު ވިދާޅުވިއެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އަދި އަވަށްޓެރި ހުރިހާ ގައުމަކާއި، ރާއްޖެ އާ ގާތް ގުޅުން އޮންނަ އެހެން ބައެއް ގައުމުތަކުގެ ވެރިންނަށްވެސް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވާތު ދެއްވުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު