ބައެއް ފަރާތްތަކުން ކަންކުރާ ގޮތުން، ދަރިންގެ ހިތުގައި މައިންބަފައިންނާ މެދު ނަފްރަތު އުފެދޭ: ޝެއިޚް ޒަމްޒަމް

މުސާރައަށް މަސައްކަތް ކުރާން ތިބޭ ބައެއް ފަރާތްތަކުން ކަންކުރާ ގޮތުން، މައިންބަފައިންނަށް ވެސް ނޭނގި ދަރިންނާ އެކު ކުރާ މުޢާމަލާތްތަކުގެ ސަބަބުން ދަރިންގެ ހިތުގައި މައިންބަފައިންނާ މެދު ޝައްކާއި ވަހުމާއި ނަފްރަތު އުފެދޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، ޒަމްޒަމް ފާރިޝް ވިދާޅުވީ، މުސާރައަށް މަސައްކަތް ކުރާން ތިބޭ ބައެއް ފަރާތްތަކުން ކަންކުރާ ގޮތުން، މައިންބަފައިންނަށް ވެސް ނޭނގި ދަރިންނާ އެކު ކުރާ މުޢާމަލާތްތަކުގެ ސަބަބުން ދަރިންގެ ހިތުގައި މައިންބަފައިންނާ މެދު ޝައްކާއި ވަހުމާއި ނަފްރަތު އުފެދޭ ކަމުގައެވެ.

"ދަރިންގެ ޙަޤީޤީ ބެލެނިވެރިންނަކީ މައިންބަފައިންނެވެ. ދައުލަތާއި ސަރުކާރާއި މިނިސްޓްރީތަކާއި އެނޫން މުއައްސަސާތައް އަންނާނީ އޭގެ ފަހުންނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މައްސަލަ އުޅޭކަން ފާހަގަ ވާނަމަ ފުރަތަމަ ޖެހޭނީ މައިންބަފައިންނާ މުޢާމަލާތް ކުރާށެވެ."

ޝެއިޚް ޒަމްޒަމް ވިދާޅުވިއެވެ.

ނަމަވެސް މުސާރައަށް މަސައްކަތް ކުރާން ތިބޭ ބައެއް ފަރާތްތަކުން ކަންކުރާ ގޮތުން، މައިންބަފައިންނަށް ވެސް ނޭނގި ދަރިންނާ އެކު ކުރާ މުޢާމަލާތްތަކުގެ ސަބަބުން ދަރިންގެ ހިތުގައި މައިންބަފައިންނާ މެދު އުފެދެނީ ޝައްކާއި ވަހުމާއި ނަފްރަތު ކަމުގައި ޝެއިޚް ޒަމްޒަމް ވިދާޅުވިއެވެ.

"އެކުދިންނާ މައިންބަފައިންނާ ވަކިކޮށްލަނީއެވެ. އެކުދިން އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހޭ ދުވަސް އައުމުން އެއްކަލަ މުއައްސަސާތަކާއި އެތަންތަނުން މުސާރަ ނަގަން ތިބި މީހުން އެހީތެރިވާން ކައިރީގައެއް ނުތިބޭނެއެވެ. ކައިރީގައި އެހީތެރި ކަމެއް ދިއްކޮށްލަން ތިބޭނީ އެއްކަލަ މައިންބަފައިން އެކަންޏެވެ. ނަމަވެސް އޭރުން އޮންނަނީ މާ ލަސްވެފައެވެ."

ޝެއިޚް ޒަމްޒަމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު