Thursday, 18 April 2024

ހިޔާ ފްލެޓުގެ 12 ވަނަ ބުރިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ހިޔާ ފްލެޓުގެ އެޗް 6 ގެ 12 ވަނަ ބުރިން ކުޑަ ކުއްޖަކު ވެއްޓިއްޖެ އެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ކުއްޖާ ވެއްޓިފައިވަނީ އެޗް6 ގެ 12 ވަނަ ބުރިން ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 11:58 އެހާކަންހާއިރު ކަމަށެވެ.

އުމުރުން 15 އަހަރުގެ އެ ފިރިހެން ކުއްޖާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އީއާރުގައި ފަރުވާ ދެމުން ދިޔަައެވެ.

ނަމަވެސް ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން އަދި އިތުރު މައުލޫމާތެއް ނުލިބެއެވެ.

ފުލުހުން ވިދާޅުވީ ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

އެ ސަރަހައްދުގައި ތިބި ބައެއް އާންމުން ބުނި ގޮތުގައި ކުއްޖާ ވެއްޓި ބޯ ފަޅައިގެން ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

މިހާރު އެކުއްޖާ ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *