25 ޖަނަވަރީ 2025

އެކްސިޑެންޓްވެ ފަރުވާ ދެމުންދަނިކޮށް، ކުރީގެ މިނިސްޓަރ އަމީންގެ ބައްޕާފުޅު ނިޔާވެއްޖެ

އެކްސިޑެންޓުވެ ފަރުވާދެމުން އަންނަނިކޮށް ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ ބައްޕާފުޅު އަޙްމަދު މަނިކު ނިޔާވެއްޖެއެވެ. އަަޙްމަދު މަނިކު ނިޔާވީ ރޭ ދަންވަރު 02:50 ހާއިރުއެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 74 އަހަރެވެ.

އަޙްމަދު މަނިކު އެކްސިޑެންޓުވެފައިވަނީ، ހުކުރު ދުވަހުގެ ރޭ އިޝާނަމާދަށްފަހު، މާލޭ ބޭރުމަގު، ޗައިނާ އެމްބަސީ ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް، ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ސައިކަލުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަޙްމަދު މަނިކުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ ސިކުނޑިއަށް ލޭއެޅިފައިވެއެވެ. އޭނާ ނިޔާވީ، ހޭނާރައި އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

https://x.com/MohamedAmeeth/status/1710844065133277205?s=20

އަޙްމަދު މަނިކަކީ، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ނާއިބު ސަފީރު މުޙައްމަދު އަމީތު އަޙްމަދު މަނިކުގެވެސް ބައްޕާފުޅެވެ.

ޙަސަން މަނިކަކީ ދީނަށް ލޯބިކުރެއްވި ޚުލުޤުހެޔޮ، މީހުންނާ ގުޅޭ، ހިތްހެޔޮ ބޭފުޅެކެވެ.

އަޙްމަދު މަނިކުގެ މައްޗަށް ކުރެވޭ ކަށު ނަމާދުކުރުން އޮންނާނީ ޢަޞްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

"ފިޔަ އޮންލައިން" ޓީމުގެ ފަރާތުން ޢާއިލާއަށް ތައުޒިޔާ ދަންނަވަމެވެ. މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު