"ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ލަވައިން މަޤުބޫލުކަން ހޯދި މަރިޔަމްދީދީ ނިޔާވެއްޖެ

"ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ލަވައިން މަޤުބޫލުކަން ހޯދި، ގދ. ތިނަދޫގެ ރަންއަޑުގެ ގޮތުގައި ފާހަގަކޮށްލެވޭ މަރިޔަމްދީދީ ނުވަތަ ލޯފަން މަރިޔަމް ދީދީ (މަރިޔަންދައްތަ) ނިޔާވެއްޖެއެވެ.

ރިޔަންދައްތަ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރަކީ 73 އަހަރެވެ. މަރިޔަންދައްތަގެ ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށް ފަހުގައި ތިނަދޫގެ މަސްޖިދު ތަޤްވާ މިސްކިތުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރިޔަންދައްތަ ދިރިއުޅޭ ގޭގައި ވެއްޓިފައި އޮއްވާ ފެނިގެން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

މަރިޔަން ދައްތައަކީ އުމުރުން އެންމެ 7 އަހަރުގައި ލަވަކިޔަން ފެށި މީހެކެވެ.  ކުޅަދާނަ ޅެންވެރިޔާ އަބްދުﷲ އަފީފްގެ ގިނަ ޅެންތަކެއް މަރިޔަމްދައްތަގެ އަޑުން ރެކޯޑް ކޮށްފައިވެއެވެ. މަރިޔަންދައްތަ އެންމެ މަޝްހޫރު ވެގެން ދިޔަ ލަވަތަކުގެ ތެރޭގައި ގދ. ތިނަދޫއަށް ހާއްސަ ފެންމީރުވި ރީތި ރަށޭ މިއީ ރޫހު ވަނީ ތިނަދޫގައޭ އަކީ ފާހަގަކޮށްލެވޭ ލަވައެކެވެ.

https://www.youtube.com/watch?v=mDBR7tg65-4

މަރިޔަން ދައްތަ ވަނީ ލޯބީގެ ލަވައާއި ޤައުމީ ލަވައާއި މަދަހަވެސް ކިޔާފައެވެ.

ފެނުމުގެ ހިއްސުން މަހްރޫމުވެފައިވާ މަރްޔަމް އަޙްމަދުދީދީއަށް 1982 ވަނަ އަހަރު ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *