Saturday, 25 May 2024

"ޖައްބާރު" ނަތަންޔާހޫގެ އިންޒާރު: އިޒްރޭލުގެ ސިފައިން ގާޒާ ފަޅު ސަހަރަކަށް ހަދާލުމުގެ ކުރިން ފައިބާ!

އިޒްރޭލުގެ ސިފައިން ގާޒާ ފަޅު ސަހަރަކަށް ހަދާލުމުގެ ކުރިން އާންމުން އެ ސިޓީ ދޫކޮށް ދިއުމަށް ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ ގޮވާލައިިފިއެވެ.

އިޒްރޭލްގެ ސަރުކާރުން ހަނގުރާމައިގެ ހާލަތު އިއުލާނުކުރުމުން، އެ ޤައުމުގެ ކެބިނެޓަށް ވަނީ އަސްކަރީ ފިޔަވަޅު އެޅުމުގެ ހުއްދަ ދިނުމަށް ސޮއި ކޮށްފައެވެ.

ކެބިނެޓުން އިތުރު ބާރު ބޭނުންކުރުމުގެ ހުއްދަ ނަތަންޔާހޫ އަށް ދިނުމުން، ޓީވީ މެދުވެރިކޮށް ދިން ތަޤާރީރުގައި އޭނާ ބުނެފައިވަނީ އިޒްރޭލާ ކުރިމަތިވެފައި ވަނީ ފަސޭހަ ހަނގުރާމައެއް ނޫން ކަމަށެވެ.

"މިއީ ދިގު ދެމިގެންދާ އުނދަގޫ ހަނގުރާމައެއް،" "ޖައްބާރު" ނަތަންޔާހޫ ވިދާޅުވިއެވެ.

ފަލަސްތީނުގެ ހަނގުރާމެރި ޖަމާއަތެއް ކަމަށްވާ ހަމާސް ސުންނާފަތި ކޮށްލަން އިޒްރޭލަށް ލިބެން ހުރި ހުރިހާ ބާރެއް ބޭނުން ކުރާނެ ކަމަށް އިންޒާރު ދިނުމަށްފަހު، ހަމާސް ނެތިކޮށްލުމަށްޓަކައި ދޭ ހަމަލާއަކުން އާންމުން ސަލާމަތްވެ ތިބުމުގެ އިލްތިމާސް އާ އެކު އޭނާ ވަނީ ގާޒާ ދޫކޮށް ދިއުމަށް ފަލަސްތީނުގެ އާންމުންނަށް ނުބައި އަޑަކުން ގޮވާލައްވައިފައެވެ.

"މިހާރު ތި ސިޓީ [ގާޒާ] ދޫކޮށް ދޭ. އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާ ފަޅު ސަހަރަކަށް ހަދާލުމުގެ ކުރިން ތި ސިޓީ ދޫކޮށްދޭ،" ގަޒާގެ އާންމުންނަށް އިލްތިމާސް ކުރާކަން ހާމަކުރައްވައި ނަތަންޔާހޫ ބުންޏެވެ.

މިވަގުތު ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން ކަންކަން ކުރަމުންދާނީ ސީދާ ނަތަންޔާހޫގެ އޯޑަރަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *