ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމްޑީޕީން ދޫ ދިނުމެއް ނެތް

ވެރިކަން ކުރާ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންގެ ރޫހު ހުރީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ދޫ ދޭގޮތަށް ނޫން ކަމަށް އެ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަސްލަމް ވިދާޅުވީ މި މައްސަލަ އަނބުރާ ގެންދަން އެއްވެސް ވަރަކަށް ޕާލިމަންޓްރީ ގްރޫޕުން ބޭނުން ނުވާ ކަމަށާއި ޕާލިމެންޓްރީ ގްރޫޕްގެ ރޫޙު ހުރީވެސް އެގޮތަށް ކަމަށެވެ.

"ވަރަށް ސާފުކޮށް, ވަރަށް އެކަތިގަނޑަކަށް ބުނަމުން ގެންދަނީ މި މައްސަލަ ކުރިއަށް ގެންދަން ބޭނުން ކަމުގައި" އަސްލަމް ވިދާޅުވިއެވެ.

މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮއާއެކުއެވެ.

މި މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅީ ގަރާރުގައި ސޮއިކުރަން ބޭނުންވެވަޑައިގެން ތިއްބެވި އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ވެސް ސޮއާ ނުލާ ކަމަށާއި، ގަރާރުގައި ސޮއި ނުކުރެވުނު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ތިއްބެވިކަން އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔައީ އެކަމަށް ވަރަށް ގިނަ މެންބަރުން އެދިވަޑައިގެންނެވުމުން ކަމަށާއި, އެއީ ބައެއް މެންބަރުން އެހާ ހިތްހަމަޖެހިވަޑައިގަންނަވާ ނިންމުމަކަށް ނުވުމުން ކަމަށާއި، އޭނާ ފާހަގަކުރެއްވި ގޮތުގައި އޭރު މައްސަލަ އަނބުރާ ގެންދިޔަ އެއް ސަބަބަކީ، ރައީސް ނަޝީދު ނިސްބަތްވާ ޑިމޮކްރެޓާއެކު ގުޅިގެން މަސައްކަތް ކުރުމަށް ޖާގަ ހޯދުމެވެ.

މިކަމުގައި ޑިމޮކްރެޓްސްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކުރައްވަމުން، އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އަމިއްލަ މަސްލަހަތު ކުރި ކަންކަމަށް އިސްކަން ދެއްވަމުން ގެންދެވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިއަތަނުގާ ރައިއްޔަތުން ބަލައިގަންނަ ހަމައެކަކުވެސްނެތް ބަލަގަ އިންތިޙާބުން ބަލިވެ ނައިބުރައީސްކަންވެސް ނުލިބުނީ ވީވައުދުތައްނުފުއްދިގެން މަޖުލިސް އިންތާބުގާވެސް މިތަންފެންނާނެ ނިކަން ވާގޮތެއް ބަލަން ތިއްބަވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ