މަޤްޞަދު ޙާސިލުކުރެވިފައިވުމުން މިހާރު އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ޙަމާސް ތައްޔާރަށް އޮތްކަމަށް އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ.
ޙަމާސްއިން މިކަން ކަށަވަރުކޮށްދީފައިވަނީ އަލް ޖަޒީރާއަށް ދެއްވި ފޯނު އިންޓަވިއުއެއްގައެވެ.
ޙަމާސް ޖަމާޢަތުގެ އޮފިޝަލެއްކަމަށްވާ މޫސާ އަބޫ މަރްޒޫކް ވިދާޅުވީ އެ ޖަމާޢަތުން ހަމަލާތަކާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށާއި، ހުރިހާ ސިޔާސީ މަޝްވަރާތަކަށްވެސް އެއްބާރުލުން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަރްޒޫކް ވިދާޅުވީ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ މަޤްޞަދު ހާސިލްވެފައިވާކަމަށެވެ.
އިސާނިއްޔަތު ކަމެއް ނެތް ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ދަށުން، ކުއްލިއަކަށް 5000 ރޮކެޓު އިޒުރޭލާ ދެކޮޅަށް ފޮނުވާލައި، ކުއްލިއަކަށް ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭންގެ ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދީފައިވެއެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލުގެ ސިފައިން އަތުލައިގަނެފައިވާކަމަށްފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނެފައިވެއެެވެ.
ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެންމެ ސިޔާސީ ބޭފުުޅުން އެބަ ޖެހޭ ނަޝީދު ދުރައްޖެހެން