ނޫނެކެވެ. ނިންދަވަނީއެއް ނޫނެވެ. ލޯބިވާ ތުއްތުތުއްތު ދަރިފުޅު އޮތީވެސް ނިދާފައެއް ނޫނެވެ. ދުނިޔެ ދޫކުރިއްޔެވެ. އިންސާނިއްޔަތު ކަމެއް ނެތް ޖައްބާރު އަނިޔާވެރިންގެ ޝިކާރަކައަަކަށް އެ ތުއްތުތުއްތު ލޯބިލޯބި ދަރިފުޅުވެސް ވީއެވެ. ރަޙްމެއް ކުލުނެއް ނެތް ޔަހޫދީންގެ ވަކިތަކުން މިންޖުވާނެ ފުރުޞަތެއް ނުލިބުނެވެ. ބައްޕަގެ އަތްދަނޑިމަތީގައި އެވަނީ އޭނާގެ ހިތުގެ ވިންދާ ގުޅިފައިވާ ލޯބިލޯބި ދަރިފުޅެވެ. ކޮނޑުގައި ބޯއަޅާލާފައި ބޭއްވުމަށް މި ބިންމަތިން ދެވޭނެ އެންމެ ފަހުގެ ފުރުޞަތެވެ. އެބައްޕަގެ ހިތުގައިވާ ރަޙްމާއި ލޯބި ސިފަކުރާނެ ކިހިނަކުން ހެއްޔެވެ؟
އެ ބައްޕަގެ ހިތުގައި އަޅަމުންދާ ވޭން އިޙްސާސް ކުރެވެއެވެ. ހިތް ރޮއްވައިފިއެވެ.
އެ ދަރިފުޅު އެވަނީ ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ ވައިގެ ޙަމަލާއެއްގައި ޝަހީދުކޮށްލާފައެވެ. އެ ބައްޕަގެ އުއްމީދު ކަމުގައިވި އެ ލޯބިލޯބި ދަރިފުޅު ޢާއިލާއާއި މި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ.
އެއީ ފަސްގަނޑު ދަށަށް ދިއުމުގެ ކުރިން ފިރުމާލެވޭ އެންމެ ފަހުގެ ފިރުމާލުމެވެ. އެ ބީހިލުމުގައި ވަނީ ފުން އަސަރެވެ. ހިތްފަޅައިގެންދާ ވަރުގެ އިޙްސާސެކެވެ.
މިއީ މީގެ 9 ވަރަކަށް ގަޑިއިރުކުރިން ހިނގާފައިވާ ކަރުނުން ފުރޭވަރުގެ ޙާދިސާއެކެވެ.
https://x.com/Timesofgaza/status/1711427740426023155?s=20
އިސާނިއްޔަތު ކަމެއް ނެތް ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ދަށުން، ކުއްލިއަކަށް 5000 ރޮކެޓު އިޒުރޭލާ ދެކޮޅަށް ފޮނުވާލައި، ކުއްލިއަކަށް ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭންގެ ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދިނެވެ.
ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި އޮޕަރޭޝަންގެ ފަހުން، ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 560 މީހުން ޝަހީދުކޮށްލާފައެވެ. ޔަހޫދީންގެ 800 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 2،243 އަށް ވުރެ ގިނަ ޔަހޫދީން ވަނީ ޒަޚަމްކޮށްލާފައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލުގެ ސިފައިން އަތުލައިގަނެފައިވާކަމަށްފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނެފައިވެއެެވެ.
ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ.