Thursday, 18 April 2024

ސައްޙަނޫން ޑޮލަރުން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ސައްޙަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކުރައްވައިފިއެވެ.

އެމީހާގެ ވީޑިއޯ އާއްމުކުރެއްވުމަށްފަހު، ފުލުހުން ވިދާޅުވީ އޭނާއަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހްޤީޤް ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށެވެ.

ފުލުހުން އާންމު ކުރައްވާފައިވާ ވީޑިޔޯ


އެހެންކަމުން، އެ ވީޑިއޯއިން ފެންނަ އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *