Saturday, 13 April 2024

ކޮތަޅު ޓެކްސް ކުޑަކުރަން ހުށަހަޅައިފި

ޕްލާސްޓިކް ކޮތަޅުން މިހާރު މިސަރުކާރުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެއިސްލާޙު މަޖިލީހަށް ހުށަހަޅުއްވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށުމުން އެކަމުގެ ބުރަ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށްވުރެ ދަށްކުރުމަށް އޭނާ ވަނީ ހުށައަޅުއްވާފައެވެ. އޭނާ ވިދާޅުވީ 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު ކަމަށެވެ. އަދި އަހަރުން އަހަރަށް ފީ މުރާޖައާކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.

ހަމައެހެންމެ، ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުށާއި، ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމަށް ސަލީމް ހުށަހެޅުއްވިއެވެ.

ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި މައިގަނޑު އިސްލާޙަކީ، 50 ކޮތަޅަށްވުރެ ގިނައިން ކޮތަޅު ހުންނަ ކޮތަޅު ބޮޑިތަކުން ފީ ނެގުން އިސްތިސްނާ ކުރުމެވެ. ޤާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

މިކަމާ ދޭތެރޭ ރައްޔިތުން ވެސް ހިތްހަަމަ ނުޖެހޭ ކަން ރައީސް ޞާލިޙަށްވެސް މިހާރު ވަނީ  ވިސްނިވަޑައިގެންފައެވެ. އެމަނިކުފާނަށް އިންތިޚާބު ނާކާމިޔާބު ވުމުގައި ކޮތަޅުން ނެގޭ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވި ހިމެނޭ ކަން ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އިންތިހާބަށް ފައިސާ ހޯދަން ކުރި ވިޔާނުދާ ކަމެއް، ބަލިވީމާ އެކަން ނިންމާލަނީ ކޮތަޅު ޓެކުސް ކުޑަކޮށްލާފަ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *