Monday, 14 October 2024

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ތަޢުލީމީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އެދާއިރާގެ ތަޖުރިބާކާރު އައިޝަތު ޝީތާ ހަމައްސަވައިފިއެވެ.

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ ހަމަޖެއްސެވީ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ކުރިން ހުންނެވި ހަސަން މުޙައްމަދު އެޑިޔުކޭޝަން މިނިސްޓްރީއަށް ބަދަލު ކުރެއްވުމުންނެވެ. އޭގެ ފަހުން އެ ސްކޫލް ހިންގުމުގެ ޒިންމާ އުފުއްލަވަމުން ގެންދަވަނީ ޝީތާއެވެ.

އަމީނިއްޔާ ސްކޫލާއި ޣިޔާޘުއްދީން ސްކޫލުގައި މަސައްކަތް ކުރެއްވުމަށްފަހު، ޖަމާލުއްދީނުގައި ޝީތާ މަސައްކަތް ކުރައްވާތާ މިހާރު ބާރަ އަހަރުވެއްޖެއެވެ. އޭގެ ތެރެއިން ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުންނެވެ.

ހަސަން މުޙައްމަދު އެޑިޔުކޭޝަން މިނިސްޓްރީއަށް ބަދަލުވެވަޑައިގެންނެވީ ޕްރިންސިޕަލެއްގެ ގޮތުގައި 18 އަހަރު ޖަމާލުއްދީނަށް ޚިދުމަތް ކުރެއްވުމަށްފަހުގައެވެ.

ޙަސަންއަށް ސިއްޙީ ސަބަބުތަކަށްޓަކައި އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.

ހަސަނަކީ ތަޢުލީމީ ދާއިރާގައި 32 އަހަރު މަސައްކަތް ކުރައްވާފައިވާ ހިންގުންތެރި ޕްރިންސިޕަލެކެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 9 ޖޫން 1990 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓްރޭނީ ހެޑްމާސްޓަރެއްގެ ވަޒީފާއިންނެވެ. ފުރުއްވި ބައެއް އެހެން މަގާމުތަކުގެ ތެރޭގައި، ތަޢުލީމާއި ތަމްރީނު ދިނުމުގެ ކުޑަކުދިންގެ ޚާއްޞަ މަރުކަޒުގެ މުދީރުކަމާއި، މުޙްޔިއްދީން ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްކަމާއި، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލްކަން ހިމެނެއެވެ. 8 ޖޫން 2006ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޖަމާލުއްދީން ސްކޫލްގައެވެ.

 


ގުޅުންހުރި:

ޕްރިންސިޕަލް ހަސަން ޖަމާލުއްދީނާ ދުރަށް، 18 އަހަރުގެ ޚިދުމަތަކަށްފަހު

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު