22 އެޕްރީލް 2025
ފަލަސްޠީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ރާއްޖެ ވަޑައިގަތް ދަތުރުފުޅުގައި، ރައީސް މައުމޫން، އަރަފާތާ ސަލާމްކުރައްވަނީ

ފަލަސްޠީނުގެ މުޖާހިދުން ފެށި ޖިހާދަކީ މުސްލިމުންގެ ޝަރަފަށްޓަކައި ފެށި ޚުތޫރަތްތެރި ކަމެއް:ރައީސް މައުމޫން

މިދިޔަ ހޮނިހިރު ދުވަހު ފަލަޞްޠީނުގެ ހިތްވަރުގަދަ މުޖާހިދުން ފެށި ޖިހާދުގެ އާ މަރުޙަލާ އަކީ މުސްލިމުންނާއި ޢަރަބީންގެ ކަރާމަތާއި ޝަރަފަށް ޓަކާ ފެށި ޚުތޫރަތްތެރި އާ މަރުޙަލާއެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގައި އިސްރާޢީލުން ހިންގާ ލާއިންސާނީ ހަމަލާތަކާއިގުޅިގެން ރައީސް މައުމޫން ވިދާޅުވީ، ފަލަސްޠީނަށް ނަސްރު ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

”‏މިދިޔަ ހޮނިހިރު ދުވަހު ފަލަޞްޠީނުގެ ހިތްވަރުގަދަ މުޖާހިދުން ފެށި ޖިހާދުގެ އާ މަރުޙަލާ އަކީ މުސްލިމުންނާއި ޢަރަބީންގެ ކަރާމަތާއި ޝަރަފަށް ޓަކާ ފެށި ޚުތޫރަތްތެރި އާ މަރުޙަލާއެއް.” ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ ފަލަސްޠީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާކުރައްވާ ބޭފުޅެކެވެ. އެ މަނިކުފާނުގެ ޒަޢާމަތުގައި ފަލަސްޠީނާއެކު ގާތްގުޅުމެއް ބާއްވަވައި، ބައިނަލްއަޤްވާމީ މައިދާނުގައި އެތައް ފަހަރެއްގެ މަތިން ފަލަސްޠީނުގެ މިނިވަންކަަމަށް އަޑުއުފުއްލެވިއެވެ.

އިސާނިއްޔަތު ކަމެއް ނެތް ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ދަށުން ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭން ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދީފައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލުގެ ސިފައިން އަތުލައިގަނެފައިވާކަމަށްފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނެފައިވެއެެވެ.

ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު