Thursday, 18 April 2024

ޑިމޮކްރެޓްސް އުފެއްދުމަށް ދަތިކުރިކަމަށް އޭރު ތުހުމަތުކުރި؛ ނަޝާތު އައްޔަން ކުރުމަށް ކޮމިޓީން ނިންމައިފި

އިލެކްޝަން ކޮމިޝަން(އީސީ)ގެ މެމްބަރު ކަމަށް އިތުރު ދަޢުރަކަށް އއ.ފެރިދޫ ހާލި، ޢަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 11 މެމްބަރުންގެ ތެރެއިން، 8 މެމްބަރުން ވަނީ، އިލެކްޝަންގެ މެމްބަރުކަމުގެ އިތުރު ދައުރަކަށް ނަޝާތު އައްޔަން ކުރުމަށް ފެންނަ ކަމަށް ރުހުންދީ ވޯޓު ދެއްވާފައެވެ.

ނަޝާތުއާ ގުޅޭގޮތުން އެއްވެސް ޝަކުވާނަމަ، ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލިއެބެ. މިއަދު މެންދުރު ފަހު 2 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައި ވާއިރު އެއްވެސް ފަރާތަކުން ޝަކުވާ ހުށައަޅާފައެއް ނުވެއެވެ.

އީސީގެ މެމްބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. 2018 ޖުލައި 25 ވަނަ ދުވަހު ނަޝާތު އައްޔަން ކުރެވުނު އިރު ދައުރު ހަމަވެފައި ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

ގުޅުންހުރި:

އީސީގެ ކުރީގެ މެމްބަރު ނަޝާތަށް އިތުރު ދައުރެއް ދިނުމާގުޅޭ ގޮތުން އާންމުންގެ ޚިޔާލަށް

އިލެކްޝަންސް ކޮމިޝަން ޑެޑްލޮކަށް!

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *