ބައުވެފައިވާ ގެއެއްގެ ބެލްކަންޏެއް ވެއްޓެއްޖި

މާލޭގައި ގެއެއްގެ ބެލްކަންޏެއް ވެއްޓިއްޖެއެވެ. ނަަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ވެއްޓިފައިވަނީ މާފަންނު ފަރީދީ މަގު، ފަތަހަސުންބުލި ފިހާރަ ކައިރީ އިން އިމާރާތެއްގައި ކޮންކްރީޓުން ހަދާފައިވާ ބެލްކަންޏެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް، މުދަލަކަށް އަދި އުޅަނދަކަށްވެސް ގެއްލުންވެފައި ނުވެއެވެ. އެގެ ހުންނަނީ ދުއްވާ އެއްޗެއްސައް ނުވަދެވޭކަހަލަ ގޯޅިގަނޑައެއްގައެވެ.

ވެއްޓިފައިވަނީ 4 ފަންގިފިލާއަށް ހަދާފައިވާ އެ ގޭގެ 2 ވަނަ ފަންގިފިލާގެ ބެލްކަންޏެއް ކަމަށާއި އެއީ ގާތްގަނޑަކަށް ދިހަވަރަކަށް ފޫޓުގެ ކޮންކްރީޓް ބެލްކަންޏެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ އިމާރާތަކީ ބަައުވުމުގެ ސަބަބުން، މީހުން ކުރިންވެސް ހުސްކޮށްފައިވާ ގެއެއްކަމަށް، އެ ސަރަޙައްދުގައި އެވަގުތު ހަރަކާތެރިވި ބައެއް އާއްމުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު