Saturday, 15 June 2024

ޖޭއެސްސީގެ އިސްލާޙް ހުށަހެޅީ އަނެއްކާވެސް ސިޔާސީވާ ގޮތަށް، އިދިކޮޅުން ކެކިއްޖެ

އެމްޑީޕީ ސަރުކާރުގެ ދައުރު ހަމަވާންދަނިކޮށް، ސަރުކާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ގޮތުން ސިޔާސީ ނުފޫޒު ކުޑަނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެމްޑީޕީ އަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ދެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ، ތިން މެމްބަރަކު އުނިކޮށް ހަތް މެމްބަރުންނަށް ބަދަލުކުރާށެވެ. އަދި މިކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި އާއްމުންނާއި ޖަމިއްޔާތަކުގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކާ ވެސް ބައްދަލުކޮށް ހިޔާލު ހޯދައިގެން ކަމަށް ހާމަކުރައްވާފައިވެއެވެ.

ޖޭއެސްސީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފް ވިދާޅުވީ. 2018 ވަނަ އަހަރު ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ރިޔާސީ ވައުދެއްގެ ގޮތުގައި ޖޭއެސްސީ އިސްލާހުކުރަން ހިމެނި އިރު، އެ ކޮމިޝަނަށް ފަނޑިޔާރުން އައްޔަނު ނުކުރަން ނިންމި ނަމަވެސް،ތިން މަރުހަލާގެ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އަދިވެސް ތިއްބަވާ ގޮތަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުގައި އޮތުމަކީ ރިޔާސީ ވައުދާ ހިލާފުވާ ގޮތަށް ކަމަށެވެ.

ފަނޑިޔާރު ގެތަކަށް ފާރަވެރިވާން އޮންނަ ޖޭއެސްސީގައި ފަނޑިޔާރުން ތިއްބަވައިގެން އެ ބޭފުޅުން ކުރައްވާ މަސައްކަތަށް ފާރަވެރިވެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ.

ހަމައެހެންމެ، ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިއްބަވައިގެން ސިޔާސީ ނުފޫޒުން ޖުޑީޝަރީ މިނިވަން ނުވާނެ ކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ހުށަހަޅާފައިވާ ބިލަށް ރައްދުދެއްވަމުން، މާފަންނު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވީ ފަސް އަހަރު ތެރޭގައި ޖޭއެސްސީ އިސްލާހުނުކޮށް ތިބެފައި، ފަހު ވަގުތު އެމްޑީޕީން އިސްލާހު ހުށަހެޅި އިރު ވެސް، މި ކަން މި އޮތީ ވައުދުވި ގޮތާ މުޅިން ޚިލާފަށް ކަމަށެވެ.

އިންތި ވިދާޅުވީ، އެމްޑީޕީން މި އިސްލާހު ހުށަހަޅާފައި ވަނީ، ނިމުނު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމުގައި އަލުން ތިބެވޭނެ ކަމަށް ބަލައި، ސިޔާސީ ވަކި ބަޔަކު ޖޭއެސްސީގައި ތިބެވޭ ގޮތަށެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ ބޭނުމަކީ އެ ކޮމިޝަނު ސިޔާސީ ނުފޫޒުން އެއްކިބައި ކުރުން ކަމަށާއި، އެކަމަކު މިހާރު އިސްލާހުކުރަން ހުށަހަޅާފައިވާ ގޮތުން، އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީން ސިޔާސީ ކުލަ ނުފިލާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތަކީ އެމްޑީޕީން ފަށައި، އޭގެ ބޭނުން ހިފައިގެން ވެރިކަމަށް އައިސް އަދި މަޖިލީހުގެ މެޖޯރިޓީވެސް ހޯދި ކަމެއް ކަމަށެވެ. ނަމަވެސް އެކަމުގައި ކަނޑައެޅިގެން ރައްޔިތުންނަށް އެމްޑީޕީން ދޯކާ ދީފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ބިލުގައި ޖޭއެސްސީ އެކުލަވާލަން ހުށަހަޅާފައިވާ ގޮތް

  • އެޓާނީ ޖެނެރަލް؛
  • ތިން މަރުހަލާގެ ކޯޓުގެ ފަނޑިޔާރުން؛
  • ވަކީލުން އައްޔަންކުރާ ވަކީލެއް؛
  • އާއްމުންގެ ތެރެއިން މަޖިލީހުން ނަން ފާސްވެގެން އަންނަ މީހެއް؛ އަދި
  • މަޖިލީހުން އައްޔަންކުރާ މެމްބަރެއް.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އިދިކޮޅުންކެކެންޖެހޭސަބަބަކީކޮބާޕީޕީއެމުން7އަހަރުވެރިކަންކުރިކުރީކޮންކަމެއްއައްބޮނޑިއަށްބޮނޑިކުރުންނޫންކަމރއްކުރެވިފައެއްނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު