Thursday, 18 April 2024

ފަލަސްތީނާ އެކު ދިވެހިން، ހުކުރު ދުވަހު މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް!

ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން އަންނަ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުތަކުގައިވާ ގޮތުގައި، ހުކުރު ދުވަހު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވާނެ އެވެ. އެ ސައިކަލު ބުރު ފަށާނީ އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ރަސްފަންނު ސަރަހައްދުންނެވެ.

ރަށްރަށުގައި އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރުން ފެށިގެން ހިނގާލުންތައް ކުރިއަށްދާނެ

ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުތައް ވެސް ވަނީ ހުޅުވާލައިފަ އެވެ. އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް 2021 ވަނަ އަހަރު ވެސް ރާއްޖޭގައި ބޮޑު ހަރަކާތެއް ބޭއްވިއެވެ.

ހައްދުފަހަނައަޅާފައިވާ ގޮއްމުށުގެ ބާރުން ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ އިސްރާޢީލުގެ ހަމަލަތަކުގައި ގެދޮރު ސުންނާފަތިވެގެން މަގުމަތިވެފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ހަތަރު ސްކޫލަކަށް ވެސް ޔަހޫދީން ބޮން އަޅާފައިވާ ކަމުގައި އ.ދއިން ބުނެއެވެ. އަދި، އ.ދގެ އޮފީހަކާއި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތްތަކަށް ވެސް އިސްރާޢީލުގެ ހަމަލަތައް އަމާޒު ކުރަމުންދާ ކަމުގައި އ.ދއިން ބުނެއެވެ.

ޔަހޫދީންގެ ނުބައި ރޭވުންތަކުންގެ ދަށުން، އެއްގަމު މަގުން ޣައްޒާއަށް އަރައި، މުސްލިމުންގެ ލޭއޮހޮރުވައިލަން ޔަހޫދީ އިސްރާޢީލުގެ ސިފައިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް، ބަރުހަތިޔާރާއި ގިނަ ޢަދަދެއްގެ ސިފައިން ޖަމާ ކުރަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޣައްޒާއަށް އެއްގަމު މަގުން ހަމަލަދިނުމަށް، ޔަހޫދީ އިސްރާޢީލުގެ 100,000 އަށްވުރެ ގިނަ ރިޒަރވް ސިފައިން ޖަމާކުރަން ފަށާފައިވާ ކަމުގައި ވެސް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *