ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވައި ޤަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ ނަމަ ފުލުހުންގެ ނަސޭހަތުގެ މެސެޖެއް ފޯނަށް ފޮނުވަން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ މެސެޖު ފޮނުވަން ފަށަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
ބްރިޖްގައި ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ފޯނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށް ފުލުހުން ވިދާޅުވެފަޢިވެއެވެ.
އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމަރާތައް މެދުވެރިކޮށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ފުލުހުން އިލްމާސްކުރައްވައެވެ.
ފުލުހުން މިފަދަ ފިޔަވަޅެއް އަޅާފައި ވަނީ ބްރިޖާއި ހަލިމަގުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ނުރައްކާވާން ފަށާފައިވަނިކޮށެވެ.