Monday, 14 October 2024

ޓްރެފިކް ޖޫރިމަނާ މާފުކޮށްދޭ ޕްރޮގްރާމަށް ލިބޭ ތަރުޙީބު ބޮޑުކަމަށް ހާމަކޮށްފި

ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދިނުމަށް ޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ބާއްވާ ތަމްރީނު ޕްރޮގްރާމްގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ބައިވެރިވާން ހުށަހަޅައިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ޤަވައިދާ ޚިލާފަށް ޕާކު ކޮށްގެން މި ދައުރު ފެށިގެން ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް އަރައިފައިވާ ޕާކިން ޖޫރިމަނާތައް ޝަރުތަކާ ނުލައި މާފުކޮށްދެއްވައިފައެވެ.

އެހެންކަމުން، ޓްރެފިކް ވައިލޭޝަން ޖޫރިމަނާތައް މާފުކުރާ ގޮތަށް އޮތީ، އެ ކަމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ އެ ފުރިހަމަ ކުރުމުންނެވެ.

މިހާތަނަށް އެ ޕްރޮގްރާމަށް ލިބޭ ތަރުހީބު ބޮޑު ކަން ފާހަގަކުރައްވަމުން، މި މަހުގެ 25ވަނަ ދުވަހާ ހަމައަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް ހަތް ދުވަހަށް ބަހައިލައިގެން 20 ގަޑިއިރުގެ ތަމްރީނު ދޭ ގޮތަށް ހަމަޖެހިފައިވާއިރު،  ހަތް ދުވަހަށް އެ 20 ގަޑިއިރު ބަަހައިލައިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިހާރު ކުރިއަށް ދަނީ ތަމްރީނު ބާއްވާނެ ތަނެއް ހޯދުމުގެ މަސައްކަތް ކަމަށާއި، އެ ކަންކަން ފައިނަލް ވުމުން ތަމްރީނުތައް ފަށާނެކަމަށް ކަމަށާއި، ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން ކަމުގައިވެސް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު