ބޭންކް އޮފް މޯލްޑިވްސް ސްޓާޓަޕް ގްރާންޓު 2023 ގެ އިވެންޓުގެ ތެރެއިން، ފޮޓޯ: ބީއެމްއެ

ބީއެމްްއެލްގެ ސްޓާޓަޕް ގްރާންޓު ލިބޭ ފަރާތްތައް ހޮވައި، އައު ވިޔަފާރިއަށް ފަހި މަގެއް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މި އަހަރުގެ ސްޓާޓަޕް ގްރާންޓު ލިބޭ ދެ ވިޔަފާރިވެރިން މިއަދު ހޮވައިފިއެވެ.

އެ ބޭންކުން ހާމަކުރައްވާފައިވާ ގޮތުގައި، ބީއެމްއެލްއިން ދޭ ފަސް ލައްކަ ރުފިޔާގެ މި ގްރާންޓަކީ އަލަށް ފަށާ ވިޔަފާރިވެރިންނަށް ކޮންމެ އަހަރަކު ދޫކުރަމުން އަންނަ އެހީއެކެވެ.

ސްޓާޓަޕް ގްރާންޓް މި އަހަރު ކާމިޔާބު ކުރި ދެ ފަރާތަކީ:

  • އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ) – ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ޤާއިމުކުރުމަށް
  • ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތު) – ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަން ގެ ހިދުމަތް ޤާއިމްކުރުމަށް

މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ފަހުރުވެރިވާ ކަމެއް ކަމަށް ފާހަގަކުރައްވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ، "އަޅުގަނޑުމެން ދެކެންބޭނުން ވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރު"

މިއަހަރުގެ މި ސްޓާޓަޕް ގްރާންޓު ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށާއި، އެގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު ދިހަ ފަރާތް ވަނީ ޝޯޓްލިސްޓު ކޮށްފައި ކަމަށާއި، އަދި ދެވަނަ މަރުހަލާގައި ޝޯޓް ލިސްޓުވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅާފައި ކަމަށް ބީއެމްއެލްއިން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު