15 ޖަނަވަރީ 2025

ޣައްޒާގެ ވޭނީ އަޑު: "އަހަރެންގެ މުޅި ޢާއިލާ ފަނާވެ ދިޔައީ"

ޣައްޒާގެ ރައްޔިތެއްގެ އިޙްސާސްތައް ބަންޑުންވެ، "އަހަރެންގެ މުޅި ޢާއިލާ ފަނާވެ ދިޔައީ" ކަމަށް އޭނާ ގިސްލާ ރޮމުން ބުނެފިއެވެ.

https://x.com/OnlinePalEng/status/1712488286457905441?s=20

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ޣައްޒާގެ އާއިލާއެއްގެ 44 މެންބަރުން ޝަހީދު ކޮށްލާފައިވާ ކަމަށް ޚަބަރު ލިބެއެވެ. އެއީ އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުންނެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި ޣައްޒާއާއި ދެމެދު ހިނގަމުންދާ ހަނގުރާމަގައި އަނިޔާވެރި ޔަހޫދީންގެ ލާއިންސާނީކަންވަނީ ހައްދުފަހަނަ އަޅާ ގޮސްފައެވެ. މި ހަނގުރާމައަށް މިހާރު ހަފްތާއެއްހާ ދުވަސްވެފައިވާއިރު، ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، ޔަހޫދީންނާއި ދެކޮޅަށް މި ހަނގުރާމަ ފެށީ ކުއްލިއަކަށް، މިސައިލުތަކެއް ފޮނުވާލައިގެންނެވެ.

ހަމާސްއިން ފޮނުވާލި ހަމަލާތަކާ ގުޅިގެން ބަދަލުގައި ޔަހޫދީން ދަނީ ވަރުގަދަ ހަމަލާތަކެއް ޣާޒާއަށް އަމާޒުކުރަމުންނެެވެ.

ހަރުކަށި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ކުށެއް ނެތް އެތައް އާއިލާއެއް ދަނީ ޝަހީދުވަމުންނެވެ.

މިއަދު ޔަހޫދީން ވަނީ ޣައްްޒާގެ ބޮޑު އާއިލާއެއްގެ ގިނަބަޔަކު ޝަހީދު ކޮށްލައިފައެވެ. މިގޮތުން ޣައްޒާއާ ގުޅުން ހުރި ހަބަރުތައް ގެނެސްދޭ ގުދުސް ނެޓްވޯކް އިން ބުނީ ޔަހޫދީންގެ އަސްކަރިއްޔާއިން ޝަހާބް އާއިލާގެ 44 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. މި އާއިލާއިން ޝަހީދު ކޮށްލި މީހުންގެ ތެރޭގައި އެންމެ ހަގު ކުއްޖާގެ ޢުމުރަކީ އެންމެ 3 އަހަރު ކަމަށާއި، ޒަހަމްތަކެއްލިބި ސަލާމަތްވެފައި ވަނީ އެ އާއިލާގެ އެންމެ ހަ މީހުން ކަމަށްވެސް ބުނެއެވެ.

ހަމާސް އިން ބުނާ ގޮތުގައި ޖައްބާރު އިޒުރޭލުގެ ޔަހޫދީ ދައުލަތަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުޤައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. ހަމާސްއިން ބުނާގޮތުންގައި، މި ހަމަލާތަކަކީ ޔަހޫދީ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ ލާއިންސާނީ، އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު