ސީވީ ފޮނުވުމަށް އެދި އިންތިޚާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒުގެ ނަންފުޅުގައި ފޭކު މެސެޖުތަކެއް ދައުރުކުރާކަމަށް އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕިއެމް ޕީއެންސީން މިރޭ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޮބައިލް ނަންބަރުން "ސީވީ ފޮނުއްވުމަށް ބުނެ" ދައުރު ކުރަމުންދާ އެސްއެމްއެސްތަކަކީ ޙަޤީޤަތާ ޚިލާފު ފޭކް އެސްއެމްއެސްތަކެއް ކަމަށެވެ.
މިއީ ވަރަށް ނާތަހުޒީބު، ފިނޑި އަމަލެއް ކަމަށާއި، މީގެ އިތުރުން މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމުން ވަނީ ވިދާޅުވެފައެވެ.
އަދި، މިފަދަ ނާތަހުޒީބު ކަންކަން ނުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އިންތިޚާބީ ރައީސްގެ ނަންފުޅުގައި ދައުރުކުރާ ފޭކު އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެބަޔާނުގައި ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މިއޮތް ތަހްޒީބީ ޒަމާނުގަ ފިތުނައުފައްދަން ބައެއް ދިވެހިން އުޅޭ ފެންވަރުދަށް ގޮތަކުން އަޖައިބުވެ އަންތަރީސްވޭ. ހިތްހަމަ ނުޖެހޭ ބަޔެއް އުޅޭ ކަމުގައި ވިޔަސް މާތްﷲގެ ވާގިފުޅާއިއެކު ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސް އަކަށް ޑރ. މުއިއްޒު ވަނީ ހޮވިވަޑައިގެންފަ. އަދި ފުރަތަމަފަސް އަހަރަށްފަަހު އެމަނިކުފާނުގެ ތަރައްޤީ ފެނުމުން އިތުރު ފަސް އަހަރެއް ދިވެހި ރައްޔިތުން ދޭނީ ލޯތްބާއިއިހްތިރާމް އާއިއެކު. އިންޝާﷲ ކުރިއަށްދުވަސްތަކަކީ ދިވެހިރާޢްޖެ ދުވަހަކުވެސް ނުދެކޭހާ އުފާވެރި ފާގަތި ދުވަސް ތަކަށް ވުން އެއީވަރަށް ގިނަ ރައްޔިތުންގެ ދުޢާ.