Thursday, 20 June 2024

އަންހެނެއްގެ ލަގެޖުން 5.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

ޕާކިިސްތާނުން ރާއްޖެ އައި 20 އަހަރުގެ އަންހެނެއްގެ ލަގެޖުން 5.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ސްޓަމްސް އިން ވިދާޅުވީ، ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބަލާފާސްކުރުމަށް ކުރި މަަސައްކަތުން އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެއް ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރިއިރު، އެއީ ހެރޮއިން ކަަމަށް ދައްކާ ކަމަށް ވިދާޅުވެފައިއެވެ

އެ ދަތުރުވެރިޔާގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.720 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މިތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދަތުރުވެރިޔާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު