ފަލަސްޠީނުގެ ރައްޔިތުން ނައްތާލުމަށް ހިތްވަރުދީ ނަގައިދީފައިވާ ކުލާހެއްގެ ވީޑިއޯއެއް އާންމުވެއްޖެ

ފަލަސްޠީނުގެ ރައްޔިތުންނާމެދު ނަފުރަތު އުފެއްދުމަށާއި، އެބައިމީހުން މި ބިންމަތިން ފޮހެލުމަށް ހިތްވަރުދީ ނަގައިދީފައިވާ ކުލާހެއްގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާމެދު ނަފުރަތު އުފެއްދުމަށް ނަގާދީފައިވާ ކުލާހެއްގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ވީޑިއޯގައި ފެނިގެން ގޮސްފައިވަނީ، ކުލާހެއްގެ ކުދިންތަކަކަށް ކިޔަވައިދޭ މަންޒަރެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ މެދު ނަފުރަތު އުފައްދައި، ޙަސަދަވެރިވެ، އަދި ދުނިޔޭން ފޮހެލުމަށް އެ ކުލާސް ނަގައިދީފައިވާ ޓީޗަރު ހިތްވަރު ދީފައިވެއެވެ.

އެ ކުލާހުގައި ބާރުއަޅާފައިވަނީ،

  • އަލްއަޤްޞާ މިސްކިތަށް ބޮން އަޅައި ގޮއްވާލުން
  • ކޮންމެ ޢަރަބި މުސްލިމެއް މަރާލުން
  • ކޮންމެ ޢަރަބި މުސްލިމެއް އަޅުވެތިކުރުން
  • އެއްފަހަރާ ޢަރަބިންތައް ދުނިޔެއިން ފޮހެލުން

https://x.com/Khanzadah_/status/1712801442623635849?s=20

ފަލަސްތީނުގައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށް ކަމަށް ބުނެ ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކުރުމުގެ ގޮތުން އެ ސިޓީގެ ދެކުނުގައި އުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން އިޒްރޭލުން 24 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ.

އަނިޔާވެރި އިޒްރޭލަށް އެއްގަމު މަގުން ހަމަލާދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން އެ ސުންޕާ ޔަހޫދީން މިހާރު ޣައްޒާއަށް ހަމަލާ ދެމުންދަނީ މިވަގުތު ވައިގެ މަގުންނެވެ.

ވައިގެ މަގުން ދޭ ހަމަލާތަކުގައި ވެސް އިޒްރޭލަށް ތަހައްމަލު ނުކުރެވިގެން، އެ ނުބައި ސަހްޔޫނީން މިހާރު ތައްޔާރުވަމުން ދަނީ އެއްގަމުމަގުން ޣައްޒާއަށް ޙަމަލާތައް އަމާޒުކުރުމަށެވެ.

ހަމަލާތައް ފެށުމުގެ ކުރިން އަނިޔާވެރި އިޒްރޭލުން އިއުލާންކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ 1.1 މިލިއަން މީހުން 24 ގަޑިއިރު ތެރޭ އެ ސިޓީގެ ދެކުނު ސަރަހައްދަށް ހިޖުރަ ކުރުމަށެވެ.

މިހެން އިޢުލާންކޮށްފައި ވަނިކޮށް، އދ އިން ބުނެފައިވަނީ، އެއްވެސް ފުރުޞަތެއް ނުދީ  މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހުން ބަދަލުކުރުމަކީ ބަލައިގަންނަން ދަތިކަމެއް ކަމުގައެވެ. މިހެން ކަންތައް ކުރުމުން ނުރައްކާތެރި އިތުރު ކަންތައްތަކެއް ނުކުންނާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް އދ. ބުނެއެވެ.

"ނުރައްކާތެރި އިންސާނީ ކާރިސާއެއް މިކަމުގެ ސަބަބުން ކުރިމަތި ވެދާނެ. މިއީ (24 ގަޑިއިރުތެރޭ މީހުން ބަދަލުކުރުމަކީ) ނުވާނެ ކަމެއް،" އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިޗް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން، ނިރުބަވެރި އިޒްރޭލުން މި ނުބައި އިންޒާރު ދީފައި ޣައްޒާގެ ރައްޔިތުންގެ މެދަށް ބިރުވެރިކަން ވެރިކުރި ނަމަވެސް، އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށް ފަލަސްތީނުގެ ރެޑް ކްރޮސެންޓުން ބުނެއެވެ.

"އެގޮތަށް ނިންމައިފިން. އަހަރެމެން ދޫކޮށެއް ނުލާނަން. އަހަރެމެންގެ ޞިއްޙީ ޚިދުމަތްތެރިން އެ މީހުންގެ އިންސާނީ ވާޖިބު އަދާކުރާނެ. މި ގައުމުގެ ރައްޔިތުން މަރުވާން އެކަނި ދޫކޮށްނުލާނަން،" ފަލަސްތީނުގެ ރެޑްކްރޮސެންޓުން ބުނެފައިވެއެވެ.

އިޒްރޭލުން މިހާރު ވަނީ ޣައްޒާއިން ފެނާއި ކަރަންޓް އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު