Saturday, 13 April 2024

ހއ. ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި ގިނަބަޔަކަށް އަނިޔާވެއްޖެ

ހއ. ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި ގިނަބަޔަކަށް އަނިޔާވެއްޖެއެވެ.

އެރަށު ނެރަށް އަރާފައި ވަނީ ހއ. ވަށަފަރު ލޯންޗެއް ކަމަށާއި، އަދި މި ހާދިސާގައި 10 މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތި ލިބެއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، ދިއްދޫ ނެރު މައްޗަށް ލޯންޗެއް އުރިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 7:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ވިދާޅުވެފައިވަނީ، މި ހާދިސާގައި ލޯންޗްގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ

އަދި އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *