އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ މިރޭ ބައްދަލު ކުރެއްވުމަށް ހަމަޖައްސަވައިފިއެވެ.
ކައުންސިލްގެ މެމްބަރުންނާއެކު އޮންނަ ބައްދަލު ކުރެއްވުން އޮންނާނީ މިރޭ ދަރުބާރުގޭގައެވެ. .
ނޮވެމްބަރު މަހުގެ 17 އާ ހަމައަށް އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ހަމައަށް މާލެ ސިޓީ މޭޔަރު ކަމުގެ މަގާމުގައި އެމަނިކުފާނު ހުންނަވާނެއެވެ.
މާލެ ސިޓި ކައުންސިލުގެ މޭޔަރުގެ ޒިންމާ މުއިއްޒު ވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ވަގުތީ ގޮތުން ހަވާލު ކުރައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އިންތިޤާލީ މަރުޙަލާގައި ކުރައްވަން ޖެހޭ މުހިންމު ބައެއް މަސައްކަތްތަކަށް ވަގުތު ދެއްވުމަށްވެސް މުއިއްޒު ވަނީ ނިންމަވައިފައެވެ.
މާލޭ ކައުންސިލުގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބު ވެވަޑައިގަތީ އޭޕްރީލް 2021 ގައެވެ.