ހައްދުފަހަނަ އަޅާފައިވާ އިޒުރޭލުގެ ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ހިންގާ ޙަރަކާތްތަކުގެ ދަށުން، ދިވެހި ރެޑް ކްރެސެންޓުން މިއަދު ފަންޑެއް ހުޅުވައިފިއެވެ. އެ ފަންޑު ހުޅުވާފައި ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން އިއްޔެ އެދިފައިވަނިކޮށް ކަން މަޢުލޫމާތު ލިބިފައިވެއެވެ.
ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށެވެ. ފަންޑަށް ލިބޭ ފައިސާގެ އެހީގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އުޅަނދުތަކަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި، ސާފު ބޯފެން ފަދަ ޒަރޫރީ ބޭނުންތައް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް ރެޑް ކްރެސެންޓުން ވިދާޅުވެއެެވެ.
އެހީގެ ފައިސާ ޖަމާކުރާނެ އެކައުންޓުތައް:
- ބީއެމްއެލް ރުފިޔާ އެކައުންޓް: 7701176022001
- ބީއެމްއެލް ޑޮލަރު އެކައުންޓް: 7701176022002
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރުފިޔާ އެކައުންޓް: 99010155500036100
- އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200