Wednesday, 19 June 2024

ފަލަސްތީނަށް އެހީވާން އައިއޭސީން ހުޅުވާލި ފަންޑަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ފަލަސްތީނަށް އެހީވާން  އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ހުޅުވާލި ފަންޑަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މި ފަންޑަކީ މިދިޔަ އާދީއްތަ ދުވަހު ހުޅުވާލި ފަންޑެއް ކަމަށެވެ. އަދި އެ ފަންޑަށް މިހާރު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމްޢިއްުޔާއިން ވިދާޅުވިއެވެ.

މި ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލައިފައި އޮތްއިރު، އެ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވައިގެން މިހާރުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ކަމަށް އެ ޖަމިއްޔާއިން ވިދާޅުވެއެވެ.

  • އައިއޭސީ އެކައުންޓު ނަމްބަރު: 7770000062741
  • އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

މި ފަންޑަކީ މިއަހަރު ފަލަސްތީނަށް އެހީވުމަށް އައިއޭސީން ހެދި ދެވަނަ ފަންޑެވެ. ކޮންމެ ފަރާތަކުންވެސް ބޭނުންވާ މިންވަރަކަށް ވަކި ލިމިޓެއް ނެތި އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ވިދާޅުވެފައިވެއެވެ.

އައިއޭސީ މި ޕްރޮޖެކްޓް އަގުތައް ހެދިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމުގެ އިތުރުން، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް ވެސް އައިއޭސީން ވިދާޅުވެއެވެ.

ފަލަސްތީނާއި އިޒުރޭލާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުމުގައި ފަލަސްތީނުގެ ކުދި ބޮޑު އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު