މަޖިލިސް އިންތިޚާބުގައި ހިސްޓޯ ވާދަކުރައްވަނީ

ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ޝިފާޤް މުފީދު (ހިސްޓޯ) މިއަދު އިޢުލާންކުރައްވައިފިއެވެ.

ހިސްޓޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ޕްރޮގްރެސިވް ކޮންގެރެސްގެ ފަރާތުން ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވާ ޕީއެންސީގެ ޓިކެޓުގައި ހިސްޓޯ މިފަހަރު ވާދަކުރައްވަން ނިންމަވާފައިވާއިރު، މީގެ ކުރިން ފުވައްމުލަކު މެދު ދާއިރާއަށް އޭނާ ހޮވިވަޑައިގަތީ އެމްޑީޕީ ޓިކެޓުގައެވެ. އޭނާ މަޖިލިސް މެންބަރުކަން ކުރެއްވެވީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށެވެ. ހިސްޓޯ މެންބަރު ކަމުގައި ހުންނަވައިގެން ވަނީ އޭރު ޕީޕީއެމްއަށްވެސް ސޮއިކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިސްޓޯ އެޗްއާރްސީއެމްގެ މެންބަރުކަން ވެސް ކުރެއްވިއެވެ. އެކަމަކު ފަހުން އެޗްއާރްސީއެމްގެ މެންބަރުކަން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ވަނީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުގައި މަސައްކަތް ކުރައްވާފައެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރާކަން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އިއުލާން ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު