Saturday, 13 April 2024

ޔަހޫދީން ހިންގަމުން އެދާ ޖަރީމާއަކީ މުސްލިމު ނަސްލު ނައްތާލުމުގެ ޝައިޠާނީ ފިރުއަޢުނީ ޖަރީމާއެެއް: ޝެއިޚް ޝަފީޢު

ފަލަސްޠީނުގައި އެބައިމީހުން ހިންގަމުން އެ ދާ ޖަރީމާއަކީ މުސްލިމް ނަސްލެއް އެކީއެކަށް އެ ބިމުން ނައްތައިލާ އެ ތަން އެކީއެކަށް މުސްލިމުންގެ އަތުން ފޭރިގަތުމުގެ ގޮތްކުޑަ ޙަޔާތްކުޑަ އަނިޔާވެރި ލާއިންސާނީ ޝައިޠާނީ ފިރުއަޢުނީ ޖަރީމާއެެއް ކަމަށް ޝެއިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝަފީޢު މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ތިރީގައިވާ ތަސްވީރަށް އިޝާރަތްކުރައްވާ ޝެއިޚް ވިދާޅުވީ، " މިއީ 1948 ކުރީން ފަލަސްޠީނުގެ އިދާރީ ސަރަހައްދުތައް ބެހިފައިވާ ގޮތާއި އެ ތަންތަނުގައި ހެދޭ މޭވާދޭ ގަސްތައް ދައްކުވައިދޭ ޗާޓެކެވެ." މިފަދައިންނެވެ.

May be a graphic of map, radar, poster and text

"މިއަދު ޔަހޫދީން އެ ވަނީ މި ހުރިހާ ތަނަކާއި ފަލަސްޠީނުގެ ހުރިހާ ޤުދުރަތީ މުއްސަނދިކަމާއި ޘަރަވާތުތަކެއް ލާއިންސާނީ ބާރުގެ ބޭނުންކޮށް އަނިޔާވެރި ލޭއޮހޮރުވުންތަކުގެ ޒަރީޔާއިން ފޭރިގެންފައެވެ."
ޝެއިޚް ޝަފީޢު ވިދާޅުވިއެވެ.
ޝެއިޚް ޝަފީޢު ވިދާޅުވީ، ފަލަސްޠީނުގައި އެބައިމީހުން ހިންގަމުން އެ ދާ ޖަރީމާއަކީ މުސްލިމް ނަސްލެއް އެކީއެކަށް އެ ބިމުން ނައްތައިލާ އެ ތަން އެކީއެކަށް މުސްލިމުންގެ އަތުން ފޭރިގަތުމުގެ ގޮތްކުޑަ ޙަޔާތްކުޑަ އަނިޔާވެރި ލާއިންސާނީ ޝައިޠާނީ ފިރުއަޢުނީ ޖަރީމާއެެއް ކަމަށެވެ.
"ޔާ ﷲ! ފަލަސްޠީނު ބިމަށް ވެރިވެގަނެގެން ތިބި ޔަހޫދީން ހަލާކުކުރައްވައި ފަލަސްޠީނުގެ ބިން އަނބުރައި އެ ތަނުގެ ޙައްޤުވެރީން ކަމުގައިވާ މުސްލިމުންނަށް ދެއްވައިދޭނއެވެ. އާމީން!"
މިފަދައިން ވިދާޅުވެ ޝެއިޚް ވަނީ ދުޢާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *