ވ. ފެލިދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަޙްޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤީށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، އޭނާ ތަޙްޤީޤަށް ހާޒިރުވުމަށް ފުލުހުން އިޢުލާން ކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މަކަރާއި ހީލަތުގެ މައްސަލައެްގައި ހޯދަމުންދަނީ އެމްޑީ އާރިފު ހޮސެން ކިޔާ ބަންގްލަދޭޝްގެ 29 އަހަރުގެ މީހެކެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ EF0931258 އެވެ.
ފުލުހުން ވިދާޅުވީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
އެހެންކަމުން މިމަހު 25 ވަނަ ދުވަހު މެންދުރު ފަހު 14:00ގައި ޝަހީދު ޙުސައިން އާދަމް ބިލްޑިން އަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ވަނީި އަންގާފައެވެ.
އޭނާ ޙާޟިރު ކުރައްވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ބިދޭސީންނައްމަރުގެއަދަބުދީގެންނޫނީރާއްޖެސަކާމަތްވާކައްނެތް