Thursday, 18 April 2024

ޑރ. މުޢިއްޒު ވިދާޅުވަނީ އެމަނިކުފާނުގެ ސަރުކާރުގައި ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޔަޤީންކޮށްދެެއްވާނެ ކަމަށް

ދެން ފެށިގެންދާ ސަރުކާރެއްގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ކައުންސިލަރުން ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދެވޭކަން ޔަޤީންކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލަށް އަލްވަދާޢު ކިޔުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޔަޤީންކޮށްދެެއްވާނެ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގައި ދެ އަހަރާއި ބައި ހޭދަކުރެއްއިރު، އެ މުއްދަތުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ނަމަވެސް، ރަނގަޅު މަސައްކަތެއް މާލޭގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަމަށާއި، އެ ގޮންޖެހުންރައް ދިމާނުވިނަމަ ކައުންސިލްގެ މަސައްކަތް މިހާރަށްވުރެ ބޮޑަށް ފުރިހަމަވީސް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
 
"މަގުތައް ހުންނާނީ ހެދިފައި. ޕާކިން އެތައް ބިލްޑިންއެއް އެޅި ބޮޑު ހައްލެއް އޮންނާނީ ގެނެވިފައި. އެތައް ކަމެއް ހުންނާނީ ނިމިފައި،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަން ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ އޭރުން ކައުންސިލްތަކަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސައްކަތްތައް ކުރުމަށް މިނިސްޓަރެއްގެ ބެލުމުގެ ދަށުން ފަހިވެގެންދާނެ ކަމަށާއި، ވަޒީރަކު ހުރެގެން ނިޒާމުގެ ތެރެއިން ހުރިހާ ކަމެއް ހަމަޖެހިގެން އެލްޖީއޭއަށް ބާރުދެވިގެން ދާނެ ކަމަށެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުގައި، ކައުންސިލްތަކަށް ހުރި ހުރިހާ ދަތިކަމެއް ނެތިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"މީގެން ދިޔަ ދެ އަހަރާ ބަޔަށް ވުރެ ވެސް މާ ފުރިހަމަ ގޮތެއް ގައި ހިދުމަތް ދޭނެ ދުވަސްތަކަކަށް ކުރިއަށް އޮތް ދުވަސްތައް ވާނެ. އެހީތެރިކަން ފޯރު ކޮށްދިނުމަށް މި ހުރީ ތައްޔާރަށް. އެކަމުގެ ޔަގީންކަން އަރުވަން،". މުއިއްޒު ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ގިނަ ރައްތަކަށް ވަޑައިގެން ޑރ. މުއިއްޒު ވެވަޑައިގެން އެއް ވައުދަކީ ކައުންސިލަތަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށާއި، ކައުންސިލް މިނިސްޓްރީއާއެކު ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *