އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތަަށް ޚާއްޞަ ކޮމެޓީއެއް، ޗެއަރއަކަށް ސައީދު

އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން 8 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ، އެ ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ، މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިކަން ހާމަކުރައްވައި، އިންތިޤާލީ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ، އިންތިހާބީ ރައީސްގެ ފަރާތުން 2024 ވަނަ އަހަރަށް ބަޖެޓްގެ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަށް ބޭފުޅުން މައްޗަށް ހިމެނޭ އެ ކޮމިޓީ ޗެއަރ ކުރައްވަނީ ސައީދު ކަމަށެވެ.

ކޮމިޓީގައި ތިއްބަވާ އަށް ބޭފުޅުންނަކީ:

  • މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު
  • ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ސޯޝަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
  • ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
  • ކުރީގެ ފައިނޭންސް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީއޮފް އިކޮނޮމިކްސްގެ ޑީން އަހުމަދު މުނައްވަރު
  • ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު
  • ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުއޭޒް
  • ކުރީގެ ޕެންޝަން އޮފީހުގެ ބޯޑް މެންބަރު އަބްދުލް ހަލީމް އަބްދުލް ލަތީފް

އިންތިހާބީ ރައީސްގެ އޮފީހުން ބަޖެޓަށް ލަފާކުރެވޭ ވަކި އަދަދެއް ވިދާޅުވަން ދަތިކަމަށާއި، އެ މަސައްކަތް މިދިޔަ ހަފްތާގައި ފަށައިގަނެވެގެން ކުރިއަށްދާއިރު ހުރިހާ ކަމެއް ވަކި ތަރުތީބަކުން ކުރިއަށްދާއިރު ބަޖެޓް ކަނޑައެޅުމުގައި އެއްކުރާ މައުލޫމާތުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިންތިގާލީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: އިންތިގާލީ ކޮމިޓީ


ބަޖެޓާއި ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ ދައުލަތުގެ ފިޒިކަލް ހިރާސްތާއި ގުޅޭގޮތުން އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ޝާއިއު ކުރި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު