Tuesday, 18 June 2024

ބ.ފުޅަދޫ ކައުންސިލްގެ ރައީސް އަޒުހަރު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް

ބ.ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

އެމްޑީޕީ ދޫކުރައްވައި އަޒުހަރު ޕީއެންސީއަށް ސޮއި ކުރެއްވި ފޯމް ޙަވާލުކުރައްވާފައިވަނީ ޕީއެންސީގެ ރައީސް، އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެވެ.

އަޒުހަރު ވިދާޅުވެފައިވަނީ ޕީއެންސީ އާއެކު ދާއިރާ އާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވޭނެ ކަމަށް ޤަބޫލު ކުރެއްވޭތީކަމަށާއި، އަދި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި މާ ގިނަ އަދި މާ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އަޒުހަރު ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ގިނަ ރައްތަކަށް ވަޑައިގެން ޑރ. މުއިއްޒު ވެވަޑައިގެން އެއް ވައުދަކީ ކައުންސިލަތަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށާއި، ކައުންސިލް މިނިސްޓްރީއާއެކު ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު