2 ނޮވެންބަރު 2024

"އިއްޔެ އެއާޕޯޓުގައި ތިބީ ޗައިނާ ސިފައިންނެއް ނޫން، ޓްރާންސިޓަކަށް މަޑުކުރި ޖަޕާންގެ ސިފައިންތަކެއް"

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއިން ފެންނަ ބޭރުގެ ސިފައިންނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕާނުގެ ސިފައިންތަކެއް ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކުރައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީގައި އަސްކަރީ ޔުނިފޯމުގައި ތިބި ގިނަ އަދަދެއްގެ ބޭރުގެ ސިފައިންތަކެއް ކިއުގައި ތިބި މަންޒަރު އެވީޑިއޯގައި ފެނެއެވެ. އަދި އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެމީހުންނަކީ ޗައިނާގެ ސިފައިންގެ ބައެއް ކަމަށް ބުނަމުން ގޮސްފައިވެއެވެ.

https://x.com/dhumpass/status/1713535120152670422?s=20

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ރާއްޖޭގެ ނޫހަކަށް ވިދާޅުވީ އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އައި ޖަޕާނުގެ އަސްކަރިއްޔާގެ ބައެއް ކަމަށާއި، އެމީހުންނަކީ ރާއްޖޭގައި ހިންގާ އެއްވެސް ތަމްރީނަކަށް އައި ބައެއް ނޫން ކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ، އެމީހުންނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕަނީސް ސެލްފް ޑިފެންސް ފޯސް ބައެއް ކަމަށެވެ.

ބޭރުގެ ސިފައިން، ޚާއްޞަކޮށް އިންޑިޔާގެ މިލިޓަރީ ރާއްޖޭގައި ތިބޭ ކަމަށް ބުނާ މައްސަލައަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަރަށް ގަދައަށް ދެކެވުނު ވާހަކައެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ސިފައިން އަނބުރާ ރާއްޖެއިން ފޮނުވާލުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު