Tuesday, 18 June 2024

މާލޭ ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި ހޮޓަލުގައި ރޯވި އަލިފާންގަނޑު ނިންވާލައިފި

މައްޗަންގޯޅި ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި ހޮޓަލެއްގައި އަލިފާނުގައި ހާދިސާއެއް ހިނގައިފިއެވެ. މިހާރު އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މި ހާދިސާ ހިނގައިގެން އެމް.އެން.ޑީ.އެފްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުކުރި 11:40 ހާއިރެވެ. ޙާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަޙައްދުގައި ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފައި ކަމަށާއި، އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް ވަނީ ނިންވާލާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ އެ ހޮޓަލުގެ ސީލިންގުގައި ކަމަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މަޢުލޫމާތު ލިބިފައެއްނުވެއެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު