12 ފެބުރުވަރީ 2025

3 ނޮވެމްބަރުގެ ހާދިސާއަށް ސަލްމާން ފިލްމެއް ކުޅެނީ

3 ނޮވެމްބަރު 1988 ދުވަހު، ބިދޭސީ ކުލީ ސިފައިންނާ ގުޅިގެން، ދިވެހިންގެ ބަޔަކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ހާދިސާއަށް ބިނާކޮށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.

12 މީހުން ޝަހީދުކޮށްލި، ރާއްޖޭގެ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 3 ނޮވެންބަރުގެ އުދުވާނީ ހަމަލާގެ މައްޗަށް އުފައްދާ މި ފިލްމަށް ކިޔާ ނަމެއް މިހާތަނަށް ހާމަކޮށްފައެެއް ނުވެއެވެ. ސަލްމާން ޚާން މި ފިލްމުގައި ކުޅެނީ އޭރު އިންޑިއާއިން ރާއްޖެއަށް އެހީވުމަށް ފޮނުވި ސިފައިންގެ މީހުންގެ އިސް ކޮމާންޑަރުގެ ރޯލު ކަމަށް މަޢުލޫމާތު ލިބެއެވެ. ކަރަން ޖޯހަރް ފްރޮޑިއުސްކުރާ މި ފިލްމުގައި 3 ނޮވެމްބަރުގައި އިންޑިއާއިން ހިންގި މިޝަންގެ ދައުރު ދައްކުވައިދޭނެއެވެ.

މި ފިލްމުގެ ލީޑް ރޯލަށް ސަލްމާންގެ އިތުރުން މަޝްހޫރު ތަރި ސަމާންތާ ރޫސް ޕްރަބޫ ނެގުމަށް ވާހަކަދެކެވުމުންދާ ކަމަށާއި، ފިލްމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

19 ދިވެހިން ޝަހީދުވުމުގެ އިތުރަށް އެތައް ބަޔަކަށް އަނިޔާވި ނަސްރުގެ ދުވަހަކީ ރާއްޖޭގެ އޭރުގެ ވިޔާފާރިވެރިޔެއް ކަމުގައިވާ ޢަބްދުﷲ ލުތުފީ އިސްވެ ލަންކާގެ ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން އުދުވާނީ ހަމަލާއިން ރާއްޖެއަށް ނަސްރު ލިބުނު ދުވަހެވެ. އެދުވަހު ވެރިރަށް މާލެއަށް ހަތިޔާރުއެޅި ބަޔަކު ދިން އުދުވާނީ ހަމަލާތައް ދިވެހި ސިފައިން ވަނީ ހިތްވަރާއިއެކު ޤައުމި ދިފާއުކޮށް ނަޞްރު ހޯދާފައެވެ.

އެ ދުވަހު މާލެއަށް ވެރިވި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި އޭރުގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ އަވަށްޓެރި އިންޑިއާގެ އަސްކަރީ އެހީ ހޯދާފައެވެ. އަދި ދިވެހި ޤައުމަށް ނަޞްރު ލިބިގެން ދިޔައީ ދިވެހި ސިފައިން ކުރި މަތިވެރި ޖިހާދުގެ ސަބަބުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު