Thursday, 18 April 2024

ހިދުމަތަކާބެހޭ ޝަކުވާއެއް ވާނަމަ، ރަސްމީކޮށް ހުށަހަޅާ: ޓްރީ ޓޮޕު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް އޮތް ނަމަ، އެ ހޮސްޕިޓަލުގެ ރަސްމީ މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިފަދައިން އިލްތިމާސްކޮށް ބަޔާން ނެރުނީ އެ ހޮސްޕިޓަަލްގެ ޑޮކްޓަރުންގެ އިހުމާލުން ކެންސަރު ބަަލީގެ އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލައެއްގެ ވީޑިއޯ ސޯޝަލް މީޑީއާގައި އާންމުވެފައި ވަނިކޮށެވެ. އެ މައްސަލައިގައި އެމީހާގެ އާއިލާއިން ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާ ދެކޮޅަަށް އިއްޔެ އިހުތިޖާޖް ކޮށްފައެވެ.

އެ މައްސަލައިގައި ހޮސްޕިޓަލުން އަމިއްލައަށް ގުޅައި ޝަކުވާ ހުށަހަޅަން އެދުނު ނަމަވެސް އާއިލާގެ ފަރާތުން އަދި ޝަކުވާ ހުށަހަޅަން ބޭނުންނުވާ ކަމަށާއި، އިހުމާލުގެ ސަބަބުން ހާލަތު ގޯސްވެއްޖެ ނަމަ ޝަކުވާ ހުށަހަޅާނެ ކަމަަށް އެ ދުވަހު ބުނި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ ފަރާތުން ބުނެފައިވަނީ މަރުވި ފަހުން ޝަކުވާ ހުށަހަޅަން ގުޅުމުން ހޮސްޕިޓަލުން ފޯނު ނުނަގާ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ރަސްމީކޮށް ހުށަހަޅާ ކޮންމެ ޝަކުވާއެއްވާނަމަ، އެ މައްސަލައެއް ވީ އެންމެ އަވަސް މުއްދަތެއްގައި ތަހުގީގުކުރެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އަދި އެ ހޮސްޕިޓަލްގެ ހިދުމަތްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރަސްމީކޮށް ހުށައެޅިޔަސް އެއްކަމެއްވެސް ނުވާނެ ތިމީހުން ހަމަ ވަރަށް ފަރުވާކުޑަމިހާރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *