އެމްޑިޕީގެ މަޖިލިސް ޕްރައިމަރީ އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި

ވެރިކަން ކުރާ މައި ޕާޓީ، އެމްޑިޕީގެ ފަރާތުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ ބާއްވަނީ އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށް އެ ޕާޓީން މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މާޗު ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު، މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެ ޕާޓީގެ މެންބަރުން ވަނީ ފާޅު ކުރަން ފަށާފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމާ މެދުގައި އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ވިސްނުން  ހުރީ އަންނަ ޑިސެމްބަރު މަހު ކުރީކޮޅު ބޭއްވުމަށް ކަމަށާއި، އެންމެ ލަސްވެގެން ވެސް ޖެނުއަރީގައި ޕްރައިމަރީ ބާއްވާނެ ކަމަށް އެމްޑީޕީން ހާމަކުރައްވާފައިވެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ކަންވެސް ކުރައްވަމުން ގެންދަވާ އިބްރާހީމް ވަހީދު ރާއްޖޭގެ މީޑިޔާއަކަށް ވިދާޅުވި ގޮތުގައި، ތާރީހު ކަނޑައެޅުމުގައި ބަލާނީ ވީހާ ވެސް ގިނަ ބަޔަކަށް ވޯޓު ލެެވޭނެ ދުވަސްވަރެއްގައި ބޭއްވުމަށާއި، ޑިސެމްބަރު މަހުގެ ތެރެއަށް ސްކޫލް ޗުއްޓީ ވަންނާނެތީ އެ ކަމަށް ވެސް ރިއާޔަތް ކުރާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު