Thursday, 18 April 2024

ބަލިވެއިނުމުގެ ކުރިން އެކަށީގެންވާ ރަނގަޅު ބަރުދަނެއްގައި ހުރުމަކީ ވަރަށް މުހިއްމުކަމެއް

ބަލިވެއިނުމުގެ ކުރިން، އެކަށީގެންވާ ރަނގަޅު ބަރުދަނެއްގައި ހުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެންނަމަވެސް ރާއްޖޭގައި ދަރި މައިވާ ޢުމުރުގެ އަންހެނުންގެ ތެރޭގައި އާދަޔާ ޚިލާފަށް ފަލަވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.

މާބަނޑު ދުވަސް ވަރުގައި އާދަޔާ ޚިލާފަށް ފަލަވުމަކީ އިތުރު އުނދަގޫތަކެއް ކުރި މަތި ކުރުވާނެކަމެކެވެ. ހަމަ އެހެންމެ، ހަށިގަނޑުގެ ބަރުދަން މާބޮޑަށް ލުއިވުމަކީ ވެސް ބަނޑުގައިވާ ދަރިފުޅަށް ނުރައްކާތަކެއް ކުރި މަތިވެދާނެކަމެކެވެ. އެންމެ ރަނގަޅުގޮތަކީ ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް (ބީ.އެމް.އައި) 18.5 އާއި 24.9 އާއި ދެމެދުގެ ޢަދަދެއްގައި ހުރުމެވެ. ހުންނަންވާ މިންގަނޑަށް ފެތޭނަމަ އެއީ ރަނގަޅު ފެށުމެކެވެ. ބީ.އެމް.އައި އަކީ ބަރުދަން ހުންނަންވާ އެންމެ އެކަށީގެންވާ މިންވަރުގައި ހުރި ތޯ ބެލުމަށް ބޭނުން ކުރާ މިންގަނޑެކެވެ.

ނަމަވެސް، މާބަނޑު ދުވަސް ވަރު ބަރުދަން ބަދަލުވަމުން ދާނީ އެކި މީ ހުން އެކި މިންވަރަށެވެ. އެއީ، އެމީހަކު ބަލިވެއިން އިރު ހުރި ބަރުދަނުގެ މައްޗަށް ބިނާކޮށެވެ. ބަރުދަނާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ނުވަތަ ހުންނަންޖެހޭ ބަރުދަން އެންމެ ރަނގަޅަށް ދެނެގަތުމަށްޓަކައ،ި ބަލިވެއިނުމުގެ ކުރި ންނާއި ފަހުންވެސް ޞިއްޙީ އެހީތެރިއަކާ ވާހަކަ ދައްކާށެވެ.

 


ނޯޓް: މިއީހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ތައްޔާރުކޮށްފައިވާ، "މަންމައާއި ކުޑަ ދަރިފުޅުގެ ކާނާ، ޙަޔާތުގެ ރަން 1000 ދުވަސް" މި އަތްމަތީ ފޮތުން ނަގާފައިވާ މަޢުލޫމާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *